ކ. މާލެ
|
4 އޮކްޓޯބަރ 2018 | ބުރާސްފަތި 17:00
މިނިވަންވުމަށް ފަހު އެސްއޯ ފުލުހުންގެ ކުރީގެ އިސް ވެރިން ކްރިމިނަލް ކޯޓުގެ ބޭރުގައި
މިނިވަންވުމަށް ފަހު އެސްއޯ ފުލުހުންގެ ކުރީގެ އިސް ވެރިން ކްރިމިނަލް ކޯޓުގެ ބޭރުގައި
ރާއްޖެއެމްވީ
ބަންދުކުރި އެސްއޯ ފުލުހުން
ހައްޔަރުކޮށްފައި ތިބި އެސްއޯ ކޮމާންޑަރުން ދޫކޮށްލައިފި
1 ފެބްރުއަރީގެ އަމުރުގެ ފަހުން ގިނަ އަދަދެއްގެ ފުލުހުން ހައްޔަރުކުރި

1 ފެބްރުއަރީގެ ކޯޓު އަމުރާއި ގުޅިގެން ހިނގި ކަންތައްތަކުގެ ތެރޭގައި ހައްޔަރު ކުރި ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންގެ ކުރީގެ ދެ ކޮމާންޑަރުން މިނިވަން ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު މިނިވަން ކުރީ އެސްއޯގެ ކުރީގެ ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ސައިފު ހުސައިން އާއި، ސްޓޭޝަން އިންސްޕެކްޓަރ ފާއިޒު މުހައްމަދެވެ. 

ސައިފް އާއި ފާއިޒްގެ އިތުރުން އެހެން ބައެއް ފުލުހުން ހައްޔަރު ކުރީ ސުޕްރީމް ކޯޓުގެ އަމުރަށް ފަހު، އިތުރު ބަޔަކާއި ބައިވެރިވެގެން، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރަން މަސައްކަތްކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކާއި ދެކޮޅަށް ނިކުމެ، ޣައިރު ޤާނޫނީ އެއްވުންތަކުގެ ތެރެއިން އަމަން ބަލަހައްޓަން ތިބި ފުލުހުންނާއި މެދު މާރާމާރީ ހިންގައި ރައްޔިތުންގެ މެދުގައި ސަލާމަތީ ބާރުތަކާ މެދު އިތުބާރު ގެއްލުވާލަން އުޅުނު ކަމަށް ބުނެއެވެ. އެފުލުހުން ވަނީ ފުލުހުންގެ ވަޒީފާއިން ވެސް ވަކިކޮށްފައެވެ.

މާފުށީ ޖަލުގައި ބަންދުކޮށްފައި ބޭތިއްބުމަށް ފަހު އެސްއޯ ފުލުހުން ވަނީ ގޭ ބަންދަށް ބަދަލުކޮށް، ގޭބަންދުގައި ތިއްބައި، ބަންދުގެ މުއްދަތު އިތުރު ކޮށްފައެވެ.

އެސްއޯ ފުލުހުން ދޫކޮށްލާފައި މިވަނީ 1 ފެބްރުއަރީގެ މައްސަލަތަކަށް ފަހު ސަރުކާރުން ހައްޔަރުކުރި ގިނަ ބަޔަކު ދޫކުރަމުންދާ ދަނޑިވަޅެއްގައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް