ކ. މާލެ
|
4 އޮކްޓޯބަރ 2018 | ބުރާސްފަތި 17:24
ކޯލިޝަން ޕީޖީގެ ޕްރެސް
ކޯލިޝަން ޕީޖީގެ ޕްރެސް
ރާއްޖެއެމްވީ
ކޯލިޝަން
އަބުރުގެ ގާނޫނާއި އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މާދަމާ ހުށަހަޅަނީ
އެންޓި ޑިފެކްޝަން ގާނޫނު އުވާލުމާއެކު ރައީސް ޔާމީނާއެކު ތިއްބެވި ބައެއް މެންބަރުން އިދިކޮޅާއި ގުޅޭނެ

އަބުރުގެ ގާނޫނާއި ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފައިވާ އެންޓި-ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅަން އިދިކޮޅު ފަރާތްތަކުން ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ޕީޖީ ގުރޫޕުން މާފަންނު ކުނޫޒުގައި މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މި ދެ ގާނޫނު އުވާލުމަށް މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް އިއުލާނުކުރެއްވީ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖޭޕީގެ އިސް މެންބަރުކަން ވެސް ކުރައްވާ އަބްދުﷲ ރިޔާޒު ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމާއެކު ރައީސް އަބްދުﷲ ޔާމީނާއެކު ތިއްބެވި ބައެއް މެންބަރުން އިދިކޮޅު ފަރާތްތަކާއި ގުޅޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިއުލާނު ކުރުމާއި އެކު ކޯލިޝަން ޕިޖީ ގުރޫޕުން ނިންމާފައި ވަނީ  މާދަމާއަށް އެ މެންބަރުންނާއި އެެކު މަޖިލީހަށް ވެންނެވުމަށެވެ. އަދި ޖަލްސާއެއް ބާއްވައި މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު ވެސް މަގާމުން ދުރުކުރުމުގެ މަސައްކަތްތައް ފައްޓަވާނެ ކަމަށް އިއުލާން ކުރެއްވިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވަނީ އަބުދުﷲ މަސީހު ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.

މި ދެ ގާނޫނަކީ ވެސް ސަރުކާރުން ހުށަހަޅައިގެން ފާސްކުރި ދެ ގާނޫނެވެ. އެގޮތުން އެންޓި ޑިފެކްޝަން ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފައިވާ ގާނޫނެކެވެ.

އަބުރުގެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅަން ނިންމެވިއިރު، އެ ގާނޫނު އުވާލައްވާނެ ކަމަށް ކެމްޕެއިންގެ ތެރޭގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެ ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
3 އޮކްޓޯބަރ 2018 | ބުދަ 14:37
ގާނޫނު
ތިޔަ ޤާނޫނުތައް އުވާލަނީ ކީއްވެބާ؟ އެޤާނޫނު ހެދި މީހުންނަށް އޭގެ ރަހަ ދައްކާލަން މަޑުކޮށްލަން ފެނޭ
3 އޮކްޓޯބަރ 2018 | ބުދަ 14:27
VahEed
Adhi maa Ava's thikamaa ulhen . This biluge thuraaverikan emeehunah jahssafa noonee thikan kougeneh nuvaane. When noonee thimeehunge nohoruppaanaai hedui bolau thuraaverikan vaane