ކ. މާލެ
|
4 އޮކްޓޯބަރ 2018 | ބުރާސްފަތި 17:16
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
ޓްވިޓަރ
އިލެކްޝަންސް ކަމިޝަން
އީސީގެ ނިންމުންތަކަށް ރައީސް މައުމޫނުގެ މަރުހަބާ
ނިންމި ނިންމުމަކީ ޑިމޮކްރަސީ ދެމެހެއްޓުމަށް އެޅި މުހިއްމު ފިޔަވަޅެއް

އިލެކްޝަންސް ކަމިޝަން(އީސީ)ގެ ނިންމުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކަމިޝަނުން ބުދަ ދުވަހު ނިންމި ނިންމުމަކީ ޑިމޮކްރަސީ ދެމެހެއްޓުމަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ.

އިލެކްޝަންސް ކަމިޝަނުން ވަނީ ބުދަ ދުވަހު ދެ ނިންމުމެއް ނިންމާފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައިވާ ނިންމުން ބާތިލް ކުރުމާއި މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ގައި ބޭއްވި ޕީޕީއެމްގެ ކޮންގްރެސް އެކަމިޝަނުން ބާތިލު ކުރުމެވެ.

އީސީއިން ޕީޕީއެމްގެ ކޮންގްރެސް ބާތިލް ކޮށްފައިވަނީ އަންގާރަ ދުވަހު އެޕާޓީގެ އުސޫތަކާއި ހިލާފަށް ބޭއްވި ޖަލްސާއެއް ކަމަށް ބުނެ އެ ގައުމީ ޖަލްސާ ބަލައި ނުގަތުމަށް ރައީސް މައުމޫން އެ ކަމިޝަނަށް އެދިވަޑައިގެންފައި ވަނިކޮށެވެ. 

ޕީޕީއެމްގެ ފުރަަތަމަ ކޮންގްރެސް އިން އިންތިހާބު ކުރި އެ ޕާޓީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ، ޕީޕިއެމްއިން ޚާއްސަ ގޮތުން 28 ސެޕްޓެމްބަރ 2018 ގައި ބޭއްވި ޤައުމީ ޖަލްސާ ބާއްވާފައިވަނީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް