ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 16:12
ހުޅަނގު މޫސުމުގައި އުފެދިފައިވާ ކޮޅިގަނޑު
ހުޅަނގު މޫސުމުގައި އުފެދިފައިވާ ކޮޅިގަނޑު
މުހައްމަދު ޝަރުހާން
ހުޅަނގު މޫސުމް ވިއްސާރަ
ެބ. އަތޮޅާއި މ. އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާރޓް ނެރެފި
50 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި
މިއަދާއި މާދަމާ ވެސް ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ބ. އަތޮޅާއި މ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް އޮފީސް)އިން ބުނީ ވައިގަދަވެ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ބ. އަތޮޅާއި މ އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާރޓް ނެރެފައިވާ ކަމަށެވެ. ހަމަ އެ ސަރަހައްދުތަކުގެ ކަނޑުތަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ބ. އަތޮޅާއި މ. އަތޮޅަށް ޔެލޯ އެލާރޓް ނެރެފައިވާ ގަނޑިތަކަކީ މިއަދު މެންދުރު ދޭއް ޖަހާއިރުން ފެށިގެން ހަވީރު ހައެއްޖަހަން ދެކަށެވެ.

މެޓް އޮފީހުން ބުނީ މިއަދާއި މާދާމާ ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، އަދި މެދުތެރެ އާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

އެގޮތުން ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން މެދުތެރެ އާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލު ދެމެދުގެ ބާރުމިނުގައި ކަމަށާއި، އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެބާރުމިނުގައި ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭއިރު ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.

ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށާއި، ހުރިހާ ފަރާތުތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް