ކ. މާލެ
|
4 އޮކްޓޯބަރ 2018 | ބުރާސްފަތި 19:52
އިބްރާހިމް މުހައްމަދު ސޯލިހު އެމްއެމްއޭގެ ގަވަރުނަރާއި ބައްދަލުކުރައްވަނީ
އިބްރާހިމް މުހައްމަދު ސޯލިހު އެމްއެމްއޭގެ ގަވަރުނަރާއި ބައްދަލުކުރައްވަނީ
ޓްވިޓަރ
ރިޔާސީ އިންތިހާބު 2018
އިންތިޚާބީ ރައީސް އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރައްވައިފި
އެމްއެމްއޭގެ ސީނިއާ މުވައްޒިފުންނާ ވެސް ވަނީ ބައްދަލުކުރައްވާފައި
ދައުލަތުގެ އެކި ވުޒާރާތަކުގެ ވެރިންނާއި އިންތިޚާބީ ރައީސް ގެންދަވަނީ ބައްދަލުކުރައްވަމުން

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހްމަދު ނަސީރާ ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުމު ގައި އެ މަނިކުފާނު ވަނީ އެމްއެމްއޭގެ ގަވަރުނަރުގެ އިތުރުން ސީނިއާ މުވައްޒިފުންނާއި ބައްދަލު ކުރައްވާފައެވެ. މީގެ ކުރިން ވެސް އިބޫ ވަނީ ނަސީރުއާ ބައްދަލު ކުރައްވައިފަ އެވެ. އެ ފަހަރު ބައްދަލު ކުރެއްވީ އިބޫގެ އޮފީހުގަ އެވެ. 

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްއެމްއޭގެ ސީނިއަރ މުވައްޒިފުންނާއެކު

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ދައުލަތުގެ އެކި އިދާރާތަކަށް ޒިޔާރަތް ކުރައްވާ އޮފީސްތަކުގެ އިސްވެރިންގެ އިތުރުން މުވައްޒަފުންނާ ވެސް ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.

މިދިޔަ އާދީއްތަ ދުވަހު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގައި 233،877 މީހުން ވަނީ ނިކުމެ ވޯޓްލާފައެވެ. އެ ގޮތުން ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް 134،616 ވޯޓް ލިބުނު އިރު، އެމަނިކުފާނާ ވާދަ ކުރެއްވި ރައީސް އަބްދުﷲ ޔާމީނަށް ލިބިލެއްވީ 96،132 ވޯޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް