ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 09:28
މުހައްމަދު ހުސައިން ޝަރީފް (މުންދު)
މުހައްމަދު ހުސައިން ޝަރީފް (މުންދު)
ވީނިއުސް
ޕީޕީއެމް ނޫސް ކޮންފަރެންސް
ޕީޕީއެމް އަތުލައިފިނަމަ ރާއްޖޭގައި އިދިކޮޅު ޕާޓީއެއް ނޯންނާނެ:މުންދު
ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭ
ސަރުކާރު ޒިންމާދާރު ކުރުވާނެ ބަޔަކުވެސް އޮންނަންޖެހޭ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ބައިވެރިން ޕީޕީއެމް އަތުލައިފިކަމުގައިވާނަމަ ރާއްޖޭގައި އިދިކޮޅު ޕާޓީއެއް ނޯންނާނެކަމަށާއި އެއީ ޑިމޮކްރަސީ އަށް ހުރަސް އެޅުން ކަމަށް ސްރީ ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުންދު ވިދާޅުވީ އެ ޕާޓީގެ އައިޑެންޓިޓީ ނިގުޅައިގަންނަން ޕާޓީން ވަކިވެވަޑައިގެންނެވި "ބޭފުޅުން ކޮޅެއް" އެބަ މަސައްކަތް ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެ ޕާޓީ އަތުލައިފިކަމުގައިވާ ނަމަ ރާއްޖޭގައި އިދިކޮޅު ޕާޓީއެއް ނޯންނާނެ ކަމަށާއި އެއީ ޒިންމާދާރު އިދިކޮޅު ޕާޓީއެއް ރާއްޖެ އިން ނައްތާލުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ.

"ޕާޓީގެ އައިޑެންޓިޓީ ނިގުޅައިގަންނަން އަޅުގަނޑުމެންގެ ޕާޓީން ވަކިވެ ވަޑައިގެންނެވި ބޭފުޅުންކޮޅެއް އެބަ މަސައްކަތް ކުރައްވާ ދެއްތޯ. މީގަ ގާނޫނީ ނަޒަރިއްޔާއަކުން ނޫން އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވަނީ. އަޅުގަނޑު އަސްލު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ މުހިއްމު ކަން ނުވަތަ އަޅުގަނޑުމެން މިކުރާ މަސައްކަތުގެ މުހިއްމުކަން ގައުމަށާއި ރައްޔިތުންނަށް އޮތްކަމެއްކަމަށް ފެންނާތީ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. ވާހަކައަކީ އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭ. ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭ. މައިނޯރިޓީއެއް ކަމަށްވާނަމަ މައިނޯރިޓީއެއްގައި ތިބި ބަޔަކުގެވެސް ހައްގު ތަކެއް އޮންނާނެކަން. އެމީހުން ތަމްސީލު ކުރައްވާ ބައެއްވެސް އޮންނާނެކަން. ސަރުކާރު ޒިންމާދާރު ކުރުވާނެ ބަޔަކުވެސް އޮންނަންޖެހޭނެކަން. މިއީ ޑިމޮކްރަސީގެ އޮންނަންޖެހޭ އަސާސްތަކުގެ ތެރެއިން އޮންނަން ޖެހޭ އެންމެ ބޮޑު އަސާސް ދެއްތޯ. " މުންދު ވިދާޅުވިއެވެ.

ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސް އިން އެ ޕާޓީގެ ރައީސްގެ ގޮތުގައި ކުރީގެ ރައީސް މައުމޫން އިންތިޚާބު ކޮށްފައި ވަނިކޮށް، މިދިޔަ އަހަރު މާޗް މަހު އެ މަނިކުފާނު ވަނީ ޕާޓީން ވަކިކޮށްފަ އެވެ. 

އެންމެ ފަހުން އެ ޕާޓީން ބޭއްވި ކޮންގްރެސްގައި ޕާޓީގެ ރައީސަކަށް އިންތިޚާބު ކުރީ ރައީސް އަބްދުﷲ ޔާމީން އެވެ. އެމައްސަލަ މިހާރު ކޯޓަށް ހުށައަޅާފައިވާއިރު ރައީސް މައުމޫން ވަނީ ޕާޓީގެ ކޮންގްރެސް ބާއްވާފައި ވަނީ އަސާސީ ގަވައިދާއި ޚިލާފަށް ކަމަށް ވިދާޅުވެ މައްސަލަ އިލެކްޝަންސް ކަމިޝަނަށް ލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
3 އޮކްޓޯބަރ 2018 | ބުދަ 11:31
އިންސާފު
ރާއްޖޭގައި އިނދިކޮޅު ޕާރޓީއެއް ކޮންމެހެން އޮންނަން ޖެހޭތާ؟ ރާއްޖޭގަ އުޅެނީ ދިވެހިން. އިބްހާރީމް މުޙައްމަދު ސޯލިހަކީ ހުރިހާ ދިވެހިންގެ ރައީސް. ރާއްޖެ އަށް އިނދިކޮޅު ޕާރޓީއެއް ބޭނުމެއް ނުވޭ.
3 އޮކްޓޯބަރ 2018 | ބުދަ 06:04
ލީމަން ޒާހިރު
މުންދު އަށް ދޭނެ ވަޒީފާއެއް ވެސް ނޯންނާނެ އެހެންވެ ދޯ ތިހާކަންބޮޑުވަނީ.. ބަލަ ދައުލަތުގެ ޓެކްސް ފައިސާއިން މުސާރަ ނަގައި އަދި ނުވިތާކަށް ނަމަހަ ގޮތުގައި އެފައިސާ އަމިއްލަ މަންފާއަށް ޑީލް ހަދާއިރު އަމިއްލަ އާއިލީ ވިޔަފާރިން ޓެކްސް ވެސް ނުދައްކާ ބަޔެއް ތީ... ކޮން އަގައެއް ތަޅާކަށް
3 އޮކްޓޯބަރ 2018 | ބުދަ 05:14
ނުބައިހާނު
ދެންމަ ހީހީ. މައިނޯރިޓީ އަށް ވެދުން ސަލާމަށްފަހު ބުނެ އަންގަމެވެ. މީހެއްގެ މުދަލެއް ޣަސްބުން ފޭރިގަނެގެން އަބަދަކު ނޫޅެވޭނެއެވެ. އޭގެ ޙައްޤުވެރިން އެ އަނބުރާ އަތުލާނެކަން އެނގޭއިރު، ދެން އެހެން ނުހަދާށޭ ގޮވުމަކީވެސް އަނިޔާވެރިކަމެކެވެ. ވަގުންގެ ތަރި އޮއްސެނީއެވެ. ކަމަރުބަނދެ ފުރަނީއެވެ.