ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 09:07
ޤާސިމް އާއި ޤާސިމްގެ ޓީމް
ޤާސިމް އާއި ޤާސިމްގެ ޓީމް
ޓްވިޓަރ
ޤާސިމް އިބްރާހިމް
ޤާސިމް އާއި ޢަލީ ވަހީދު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ
ރާއްޖެ ވަޑައިގަންނަވަނީ ބުރާސްފަތި ދުވަހު 2 ޖަހާއިރު
ޤާސިމް މި ރާއްޖެ ވަޑައިގަންނަވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައިވަނިކޮށް

ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހީމް އާއި މިހާރުގެ ރައީސް ޢަލީ ވަހީދު ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގަންނަވާނެއެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވި ގޮތުގައި ރާއްޖޭން ބޭރުން ހިމާޔަތް ހޯއްދަވައިގެން ތިއްބެވި ގާސިމާއި އަލީ ވަހީދު ރާއްޖެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2 ޖަހާއިރުއެވެ. އެ ބޭފުޅުންނާއެކު ޖުމްހޫރީ ޕާޓީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި ޑރ. ޝާހު މާހިރު ވެސް ރާއްޖެ ވަޑައިގަންނަވާނެ އެވެ. 

ކުރިން ހަމަޖެހިފައިވާ ގޮތުން ޤާސިމްއާއި އަލީ ވަހީދުގެ އިތުރުން ޤާސިމްގެ މުސްތަޝާރު އަދި ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރ އަމީން އިބްރާހީމްވެސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިއެވެ. ނަމަވެސް ބުރާސްފަތި ދުވަހު އެ ދެ ބޭފުޅުން ވަޑައިގަންނަވާކަން ކަށަވަރު ނުވާ ކަމަށް ސަމީރު ވިދާޅުވި އެވެ. 

ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައި މިވަނީ ކަފާލާތުގެ ދަށުން ޤާސިމް މިނިވަންކުރުމަށް ހައިކޯޓުން އަމުރުކުރެއްވުމާ ގުޅިގެންނެވެ.

ޤާސިމް އިބްރާހީމް ރާއްޖެއަށް މިވަޑައިގަންނަވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު ޖަރުމަނުވިލާތައް އަމިއްލައަށް އަރުވާލެއްވިގެން ހުންނެވުމަށްފަހުގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިންކަމަށްބުނެ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ޤާސިމަށް އިއްވާފައިވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ޣައިރު ހާޒިރުގައެވެ.

މިދިޔަ އާދީއްތަ ދުވަހުގެރޭ ޝަރުތުތަކެއް ކަނޑައެޅުމަށްފަހު ގާސިމް އިބްރާހިމް ކަފާލާތުގެ ދަށުން މިނިވަން ކުރަން ނިންމެވީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ. ކަފާލާތުގެ ގޮތުގައި ގާސިމް ކޯޓަށް ދައްކާފައިވަނީ 70،000 ރުފިޔާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް