ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 19:38
ރައީސް ޔާމީނާއި ނައިބު ރައީސް ޖިހާދު
ރައީސް ޔާމީނާއި ނައިބު ރައީސް ޖިހާދު
މުހައްމަދު ޝަރުހާން
ރައީސް ނަޝީދު
ނަޝީދުގެ އިންޒާރެއް ރައީސް ޔާމީނަށް: ވެރިކަމުން ދުރުކުރަން ޖެހިދާނެ!
ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ނައިބު ރައީސް ޖިހާދަށް ހަވާލުކުރެއްވުމަށް ގޮވާލެއްވި

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އިންތިޚާބު ކާމިޔާބު ކުރައްވާފައިވާއިރު، ވެރިކަން ބަދަލުކުރުމުގެ ކަންކަން އަމާން އޮމާން ކަމާއިއެކު ރައީސް އަބްދުﷲ ޔާމީން ކުރިއަަށް ނުގެންދެވޭނަމަ އެމަނިކުފާނު މަގާމުން ދުުރުކުރަން ޖެހިދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ރައީސް ނަޝީދު އަންގާރަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަން ބަދަލުކުރުމުގެ ކަންކަން އަމާން އޮމާން ކަމާއިއެކު ކުރިއަށް ނުގެންދެވޭނެނަމަ ރައީސްކަމުން އެމަނިކުފާނު ދުރުކޮށް ނައިބު ރައީސް ޖިހާދުގެ ބެއްލެވުމުގެ ދަށުން ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށެވެ.

ސެޕްޓެމްބަރު 23 ގައި ބޭއްވި އިންތިޚާބުގައި ރައީސް ޔާމީން ހީފުޅުކުރައްވާފައި ނުވާ ވަރުގެ ބޮޑު ނާކާމިޔާބެއް ލިބިވަޑައިގެންނެވިއިރު، އެ ބަލި އެ މަނިކުފާނު ގަބޫލުކުރެއްވުމަށް ފަހު، އޭގެ އެއް ހަފުތާ ފަހުން އިންތިޚާބުގެ ސައްހަކަމާދު ވަނީ ސުވާލު އުފައްދަވައިފަ އެވެ. 

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް ވޯޓުލީ 96،000 މީހުންކަމަށް ގަބޫލުނުކުރެއްވޭކަމަށާއި އެއަށްވުރެ ގިނައިން އެމަނިކުފާނަށް ވޯޓް ލިބިވަޑައިގެންކަމަށް ގަބޫލުކުރެއްވޭކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
3 އޮކްޓޯބަރ 2018 | ބުދަ 08:33
Ra
Tee gaidhee eh nun