ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 22:49
އެމްއެމްއޭ އިމާރާތް:- އެ ތަނުންގެ ދަށުން ހިންގަމުން އަންނަ އެފްއައިޔޫ އިން ވަނީ އެއްވެސް މައްސަލައެއް އަނބުރާ ނުގެންނަ ކަމަށް ބުނެފައި
އެމްއެމްއޭ އިމާރާތް:- އެ ތަނުންގެ ދަށުން ހިންގަމުން އަންނަ އެފްއައިޔޫ އިން ވަނީ އެއްވެސް މައްސަލައެއް އަނބުރާ ނުގެންނަ ކަމަށް ބުނެފައި
މުހައްމަދު ޝަރުހާން
އެމްއެމްއޭ
ތަހްގީގީ އިދާރާއަށް ހުށައެޅި އެއްވެސް މައްސަލައެއް އަނބުރާ ގެނެސްފައި ނުވާނެ: އެފްއައިޔޫ
މިހާތަނަށް އެ ޔުނިޓުން 137 މައްސަލައެއް ހުށައަޅާފައިވޭ

މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ) ގައި އުފައްދާފައި އޮންނަ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން އެއްވެސް އިދާރާއަކަށް ހުށައެޅި މައްސަލައެއް އަނބުރާ ގެނެސްފައި ނުވާނެ ކަމަށް އެ ޔުނިޓުން ބުނެފި އެވެ.

އެމްއެމްއޭގެ މީޑިޔާ އޮފިސަރ މުހައްމަދު ނާސިހް އަންގާރަ ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެފްއައިޔޫ އިން ތަހްގީގީ އެކި އިދާރާތަކަށް ވަނީ ގިނަ މައްސަލަތަކެއް ހުށައަޅާފައި ކަމަށެވެ.  ނަމަވެސް ހުށައެޅި އެއްވެސް މައްސަލައެއް މިހާތަނަށް އަނބުރާ ގެނެސްފައި ނުވާނެކަން ޔަގީންކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.  

"އެފްއައިޔޫ އިން މިހާތަނަށް 137 ރިޕޯޓެއް ތަހްގީގީ އެކި އިދާރާތަކަށް ފޮނުވާފައިވާނެ އަދި މި އިދާރާއިން ހިއްސާކުރި އެއްވެސް ރިޕޯޓެއް ސިޓީއެއް، އަނބުރާ ގެނެސްފައި ނުވާނެ ކަމަށް އާންމުންގެ މައުލޫމާތައްޓަކައި ދެންނެވީމެ،" ނާސިހް ވިދާޅުވި އެވެ.

އެފްއައިޔޫ އާ ހަވާލާދީ އެމްއެމްއޭ އިން އެކަން ހާމަކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމިންގެ ނަންފުޅުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކަންޓަކަށް ގިނަ އަދަދެއްގެ ފައިސާތަކެއް ޖަމާކުރި މައްސަލަ މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ) ގައި އުފައްދާފައި އޮންނަ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ފުލުހުންނަށް ހުށައެޅުމަށް ފަހު އަނބުރާ ގެންގޮސްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ވިދާޅުވެފައި ވަނިކޮށެވެ. އޭނާ ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމިން ގާނޫނާ ހިލާފު ކަމެއް ކުރައްވާފައި ނުވާތީ އެ މައްސަލަ އަނބުރާ ގެނުވާފައިވާ ކަމަށް ގަވަރުނަރ އަހްމަދު ނަސީރު ވިދާޅުވި ކަމަށެވެ.  

އެފްއައިޔޫ އިން ފުލުހުނަށް ހުށައެޅި މައްސަލައާ ގުޅޭ ގޮތުން ރައީސް ޔާމިން އެމްއެމްއޭގެ ގަވަރުނަރާ ވާހަކަފުޅު ދެއްކެވި ކަމަށް މުއާޒު ވިދާޅުވިއިރު ނާސިހް ވިދާޅުވީ އެފްއައިޔޫ އިން މައްސަލަތައް ހުށައެޅުމާއި އަދި ރިޕޯޓްތައް ތައްޔާރު ކުރުމުގައި އެމްއެމްގެ ދައުރެއް ނޯންނަ ކަމަށެވެ. އަދި އޭނާ ވަނީ އެމްއެމްއޭ އިން އެފްއައިޔޫއަށް ގާނޫނުގެ ދަށުން ފޯރުކޮށްދޭ އެހީތެރިކަމަކީ ކޮބައިކަން ވިދާޅުވެފައެވެ.

"އެފްއައިޔޫ. ހިންގުމުގައި މި ގާނޫނުގައިވާ ގޮތުން މި އޮތީރިޓީގެ ދައުރަކީ އެ ޔުނިޓް ހިންގުމަށް ބޭނުންވާ ބަޖެޓް ހަމަ ޖައްސައިދިނުމާއި އެ ޔުނިޓްގެ އިސްވެރިޔާ އާއި އެހެން ވެސް އިސްވެރިން އައްޔަންކޮށް އެ ޔުނިޓްގެ އިދާރީ ކަންކަން ފަހިކޮށްދިނުން. އޭގެ އިތުރުން ގާނޫނުގައި އެހެން ފަރާތަކުން ހެދުމަށް ކަނޑައެޅިގެން ބަޔާންކޮށްފައިނުވާ ގަވައިދުތައް ހަދާ ހިންގުން. އެ ޔުނިޓްގެ ކަންކަން ހިންގާނެ ފަރާތަކީ ސީދާ އެ ޔުނިޓުންކަން ގާނޫނުގެ 30 ވަނަ މާއްދާގައި ވަނީ ކަނޑައަޅާފައި. ވީމާ އެ ޔުނިޓުން ފޮނުވާ ރިޕޯޓްތައް ފޮނުވަނީ ސީދާ އެ ޔުނިޓުން. އެކަމުގައި މި އޮތޯރިޓީގައި އެއްވެސް ދައުރެއް ނޯވޭ،" ނާސިހް ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް