ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 22:39
އީސީގެ ސެކްރެޓަރީ ޖެނެރަލް ސޮލާހު ރަޝީދު
އީސީގެ ސެކްރެޓަރީ ޖެނެރަލް ސޮލާހު ރަޝީދު
ފާތިމަތު ޝަނާ މުހައްމަދު
ރިޔާސީ އިންތިހާބު 2018
އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަށް މަރުގެ އިންޒާރުދީފި
އިންޒާރުދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު
އިންތިހާބުގެ ނަތީޖާއާ މެދު ޕީޕީއެމް އިން ދަނީ ހިންހަމަނުޖެހުން ފާޅުކުރަމުން

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަށް މަރުގެ އިންޒާރުދީފިއެވެ.

ސެކްރެޓަރީ ޖެނެރަލް ސޮލާހު ރަޝީދަށް މަރުގެ އިންޒާރު ދިންކަން އެކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވަނީ ޔަގީންކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުގެ އިންޒާރުދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ތިން މީހަކު ރޭ ދަންވަރު 12:30 ހާއިރު ލޮނުޒިޔާރަތް މަގުގައެވެ.

މިކަން ހިނގާފައިވާ އިރު 23 ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކޮށްދެއްވާފައި ވަނީ ސޮލާހެވެ. މި އިންތިހާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ 58.4 ޕަސެންޓާ އެކު ކާމިޔާބު ލިބިފައެވެ. އިންތިހާބުގެ ނަތީޖާއާ މެދު ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެ ޕީޕީއެމްގެ ފަރާތްތަކުން ރޭގައި ވަނީ މުޒާހަރާވެސްކޮށްފައެވެ. މުޒާހަރާގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ވަދެފައިވާކަން ލީކުވެފައިވާ އޯޑިއޯ އިން ހާމަވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އީސީގެ މެންބަރުން ބަޔާނެއް ނެރެގެން ނުފުދޭ ކަމަށާއި ރައްޔިތުން ކައިރިއަށް ވަޑައިގެން ކަންތައްތަކަށް ޖަވާބު ދޭން ޖެހޭ ކަމަށެވެ. މިކަންކަން މިހިނގާ ގޮތުގެ ތަފްސީލީ މައުލޫމާތު ލިބެންދެން އިހްތިޖާޖު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް