ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 13:07
ޑރ. ޖަމީލު ރައީސް ޔާމީނާ އެކު
ޑރ. ޖަމީލު ރައީސް ޔާމީނާ އެކު
ގޫގުލް
ރިޔާސީ އިންތިޚާބު 2018
ރައީސް ޔާމީން އުޅުއްވާ ގޮތުން އަންނަނީ ހިނި: ޑރ. ޖަމީލު
ރައްޔިތުން ހަވާލުކުރި ގޮތަށް 5 އަހަރު ވެރިކަން ކުރެއްވި ނަމަ ތިޔަހެން އުޅުއްވަން ޖެހިވަޑައިނުގަތީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުޅުއްވާ ގޮތުން އަންނަނީ ހިނި ކަމަށް މި ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހަންމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު ތަނުން ބަލިވުމާ ގުޅިގެން މަދު ބަޔަކާ އެކު ރައީސް ޔާމީން މަގުމައްޗަށް މުޒާހަރާއަށް ނުކުމެވަޑައިގަތުމުން ކުރެއްވި ޓްވީޓެއްގައި ޑރ. ޖަމީލު ވިދާޅުވީ ރައްޔިތުން ހަވާލުކުރި ގޮތަށް ފަސް އަހަރު ވެރިކަން ކުރެއްވި ނަމަ އެގޮތަށް އުޅުއްވަން ޖެހިވަޑައި ނުގަތީސް ކަމަށެވެ.

ރައީސް ޔާމީން އެ ގޮތަށް މުޒާހަރާ ކުރެއްވުމަކީ ވަރަށް ހުތުރު ކަމެއް ކަން ފާހަގަކުރައްވައި ޑރ. ޖަމީލު ވިދާޅުވީ އެމަނިކުފާނު އުޅުއްވާ ގޮތުން "މިހާރު އަންނަނީ ހިނި" ކަމަށެވެ.

އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ޕީޕީއެމުން ތުހުމަތުކޮށްފައިވާއިރު ހައްގުތައް ހޯދުމަށް ސިލްސިލާ މުޒާހަރާ ކުރުމަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި ރަސްމީ ނަތީޖާ ދައްކާ ގޮތުން ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96,052 ވޯޓެވެ. އިބޫ ލިބިވަޑައިގަންނެވީ 134705 ވޯޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
2 އޮކްޓޯބަރ 2018 | އަންގާރަ 08:13
މެޑަމް އައިޝާ
އަދި އެބަ އާދޭ އެދުވަސް ހެވިފަ ހުރޭ