ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 11:42
އިންތިޚާބީ ނާއިބު ރައީސް ފައިސަލް ޝެއިޚް އިމްރާނާ އެކު
އިންތިޚާބީ ނާއިބު ރައީސް ފައިސަލް ޝެއިޚް އިމްރާނާ އެކު
ޓްވިޓަރ
އިންތިޚާބީ ނައިބު ރައީސް ފައިސ
އިންތިޚާބީ ނާއިބު ރައީސް ފައިސަލް ޝެއިޚް އިމްރާނާ ބައްދަލު ކުރައްވައިފި
އިމްރާނު ގެންދަވަނީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން
އިމްރާން ހުންނެވީ ގޭބަންދުގައި

އިންތިޚާބީ ނާއިބު ރައީސް ފައިސަލް ނަސީމް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނާ ބައްދަލު ކުރައްވައިފިއެވެ.

ޝެއިޚް އިމްރާނާއި ފައިސަލް ނަސީމް ބައްދަލުކުރައްވާފައި ވަނީ އަންގާރަ ދުވަހުއެވެ. 

އިމްރާން ހުންނަވާ ގޮޅި މަރާތުކުރުމަށް ކަމަށް ބުނެ ގެއަށް ބަދަލު ކޮށްފައިވަނީ ޖޫން މަހުގެ 26 ގައެވެ. އޭގެ ފަހުން އޭނާ ޖަލަށް ބަދަލުކޮށްފައެއް ނުވެއެވެ. 

ޝައިޚް އިމްރާނު ގެންދަވަނީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ޖަލު ހުކުމް އިއްވާފައި ވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި އަނިޔާވެރި ކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކޯޓުން ނިންމުމުންނެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ރަޢީސް ޔާމީނާއި ވާދަކުރައްވައި ކާމިޔާބު ކުރެއްވީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމަނުިކުފާނުގެ ރަނިންގ މޭޓް ފައިސަލް ނަސީމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް