ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 22:43
ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް
ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް
މުހައްމަދު ޝަރުހާން
އިލެކްޝަންސް ކަމިޝަން
އިންތިޚާބު ކުރިއަށް ދިޔައީ ގާނޫނީ އިމުގެ ތެރެއިން، ކަޅު ފައިސާ އާއި ނުފޫޒުގައި ނުޖެހޭނަން: އީސީގެ އަކްރަމް
ރައީސް ޔާމީން ވަނީ ބަލި ގަބޫލުކުރައްވާފައި
އިންތިހާބު ބާތިލްކޮށް ދެފުށް ފެންނަ އިންތިހާބަކަށް ދާންޖެހޭ ކަމަށް ޕީޕީއެމުން ބުނޭ

ރިޔާސީ އިންތިޚާބުގެ އެންމެހާ ކަންތައްތައް ކުރިއަށް ދިޔައީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި ކަޅު ފައިސާގައި ނުޖެހޭނެ ކަމަށް އިލެކްޝަންސް ކަމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ. 

ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީ ރައީސް ޔާމީން ގަބޫލުކުރެއްވިތާ އެއް ހަފުތާ ފަހުން ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ހޯމަ ދުވަހުގެ ރޭ ވަނީ މުޒާހަރާކޮށްފައެވެ. އިންތިހާބު ބާތިލްކޮށް ދެ ފުށް ފެންނަ އިންތިހާބަކަށް ދާންޖެހޭ ކަމަށް ޕީޕީއެމުން ބުނެފައިވާއިރު އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބު ކުރިއަށްދިޔައީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަކްރަމް ވިދާޅުވީ ކަޅުފައިސާ އާއި ނުފޫޒުގައި ދުވަހަކު ވެސް ނުޖެހޭނެ ކަމަށާއި އަދި ގާނޫނާ ޚިލާފު ވެސް ނުވާނެ ކަމަށެވެ. 

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ރަޢީސް ޔާމީނާއި ވާދަކުރައްވާ ކާމިޔާބު ކުރެއްވީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްއެވެ. އެމަނިކުފާނަށް 134،705 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް ޔާމީނަށް ލިބިވަޑައިގެންވީ 96،052 ވޯޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް