ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 09:57
ރައީސް ޔާމީން މިފަހަރުގެ ރިޔާސީ އިންތިޚާޞުގައި ވޯޓު ލައްވަނީ
ރައީސް ޔާމީން މިފަހަރުގެ ރިޔާސީ އިންތިޚާޞުގައި ވޯޓު ލައްވަނީ
ރާއްޖެއެމްވީ
ރައީސް ޔާމީންގެ ކޮރަޕްޝަން
އިންތިޚާބަށް ކައިރިވެފައިވަނިކޮށް ރައީސް ޔާމީންގެ އެކައުންޓަށް 1.5 މިލިއަން ޑޮލަރު!
އެ ފައިސާތައް ޖަމާކޮށްފައިވަނީ ދެ ފަހަރެއްގެ މަތިން މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުންނަ ރައީސް ޔާމީންގެ އެކައުންޓަށް
ފުލުހުންގެ އިސް ދެ ފަރާތެއް ވެސް އެ ސިޓީއަކީ ސައްހަ ސިޓީއެއް ކަމަށް ބުނެފައިވޭ

މިފަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ކައިރިވެފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓަށް 1.5 މިލިއަން ޑޮލަރު ޖަމާވެފައިވާ ކަމަށާއި އެ ފައިސާއަކީ އިންތިޚާބުގެ ކެންޕޭނަށް އެކި ފަރާތްތަކުން ދީފައިވާ އެހީ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައި ވަނީ އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުން (އެފްއައިޔޫ) ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އޭރުގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ފޮނުވި ސިޓީއަކާ ހަވާލާދީއެވެ. އަލްޖަޒީރާ އިން ބުނީ އެ ސިޓީ އެތަނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ފައިސާތައް ޖަމާކޮށްފައި ވަނީ  ދެ ފަހަރެއްގެ މަތިން މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުންނަ ރައީސް ޔާމީންގެ އެކައުންޓަށެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު 648،508 ޑޮލަރު އަދި ސެޕްޓެމްބަރު 10 ވަނަ ދުވަހު ޖަމާކުރި 810،635 ޑޮލަރު ކަމަށް އެފްއައިޔޫއާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައި ވެއެވެ.

އެ ހުރިހާ ފައިސާ ވެސް ޖަމާކޮށްފައި ވަނީ ނަގުދު ފައިސާގެ ގޮތުގައި ކަމަށް އެ ސިޓީއާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައި ވެއެވެ. އަދި ރައީސް ޔާމީންގެ އަރިސް ބޭފުޅަކާ ހަވާލާދީ ފައިސާ ހޯދާފައި ވަނީ ކިހިނެއްތޯ ބޭންކުން އެހުމުން އެ ފައިސާތަކަކީ ރިޔާސީ އިންތިޚާބަށް އަމިއްލަ ކުންފުނިތަކުންނާއި ހެޔޮ އެދޭ ބައެއް ފަރާތްތަކުން އިންތިޚާބަށް ދީފައިވާ ފައިސާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ފުލުހުންގެ އިސްދެ ފަރާތަކުން ވެސް އެ ސިޓީއަކީ ސައްހަ ސިޓީއެއް ކަމަށް ބުނެފައިވާ ކަމަށް އެ ނޫހުގައި ވެއެވެ.

އެތައް ފައިސާއަކަށް ހިޔާނަތްތެރިވެފައިވާ ކަމަށް އެމްއެމްއޭ އިން ތުހުމަތުކޮށްފައިވާއިރު އެމްއެމްޕީއާރްސީގެ ވެސް އެތައް މިލިއަން ޑޮލަރެއް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ. އަދި އެމްއެމްޕީއާރްސީގެ އެތައް ފައިސާއެއްގެ އެމަނިކުފާނު އަމިއްލަގެ ގެކޮޅަށް ވެދެވަފައިވާ ކަމަށް އެމަނިކުފާނު ވަނީ އިއުތިރާފުވެވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ އަމިއްލަ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ވަދެފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް