ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 07:12
ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް
މުހައްމަދު ޝަރުހާން
ރައީސް މައުމޫނު
ބިރުވެރި ހުވަފެނެއްގެ ނިމުން އަތުވެއްޖެ: މައުމޫން
ރައީސް މައުމޫނާއި، އެމަނިކުފާނުގެ އާއިލާއަށް ސަޕޯޓްކުރާ ފަރާތްތަކާއި ހެޔޮ އެދޭ ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފައި

ބިރުވެރި ހުވަފެނެއްގެ ނިމުން އަތުވެއްޖެ ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނާ ހަވާލާދީ އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ، ބިރުވެރި ހުވަފެނެއްގެ ނިމުން އައިސްފައިވާ ކަމަށާއި މިއަދު ހުންނެވީ އާއިލާއާ އެކު ގޭގައި ކަމަށެވެ.

ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ އާއިލާގެ މެންބަރުންނާއި ރައްޓެހިންނާއި އެމަނިކުފާނަށް ސަޕޯޓްކުރާ ފަރާތްތަކާއި ހެޔޮ އެދޭ ފަރާތްތަކުން ދެއްވި އެއްބާރު ލެއްވުން ފާހަގަކުރައްވައި ހުރިހާ ފަރާތްތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސް މައުމޫން ކަފާލާތުގެ ދަށުން މިނިވަންކުރީ މިދިޔަ މަހު 30 ވަނަ ދުވަހުއެވެ.

 

ރައީސް މައުމޫން ހައްޔަރުކޮށް، ހުކުމެއް އިއްވާފައި ވަނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހިންގި ތަހުގީގަކަށް ފަހުއެވެ. އެ އަމުރާ ގުޅިގެން އެމަނިކުފާނަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އުފުލިއެވެ. ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު ރައީސް މައުމޫން ހައްޔަރުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރެއެވެ.

އަދުލު އިންސާފަށް ހުރަސްއެޅި ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާ ސާބިތުވުމާ ގުޅިގެން ރައީސް މައުމޫން ގެންދަވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް