ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 15:13
އިންޑިއާ ސަފީރު އިންތިހާބީ ރައީސް އާއެކު
އިންޑިއާ ސަފީރު އިންތިހާބީ ރައީސް އާއެކު
ޓްވިޓަރ
ރާއްޖެ - އިންޑިއާ
އިންޑިއާ ސަފީރު އިންތިހާބީ ރައީސް އިބޫގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައިނުވޭ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އަރިހަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ގެ ސަފީރު އަކިލޭޝް މިޝްރާ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިންޑިއާ ސަފީރު އިބޫގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވީ ހޯމަ ދުވަހުއެވެ. ނަމަވެސް މި ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައިނުވެއެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން އިބޫ ކާމިޔާބު ކުރެއްވުމާއި ގުޅިގެން ބޭރުގެ ގައުމުތަކުން އަންނަނީ އިބޫއަށް މަރުހަބާ ދަންނަވަމުންނެވެ. އެއާއެކު އަވަށްޓެރި ގައުމުތަކުންނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ވެސް ދަނީ އެމަނިކުފާނު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ކިޔަމުންނެވެ.

އެގޮތުން ޗައިނާގެ ރައީސް އާއި އިންޑިއާގެ ރައީސް ވެސް ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔުއްވައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް