ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 15:03
ފާރިސް މައުމޫނާއި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައިފި
ފާރިސް މައުމޫނާއި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައިފި
ޓްވިޓަރ
އިންތިގާލީ މަރުހަލާ
ފާރިސްއާއި އިބޫ ބައްދަލު ކުރައްވައިފި
ސަރުކާރުގެ އިސް ވެރިން ވެސް ދަނީ އިބޫ އާއި ބައްދަލު ކުރައްވަމުން
ގައުމުތަކުގެ ވެރިން ދަނީ އެމަނިކުފާނު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވަމުން

އާދިއްތަ ދުވަހު ހަވީރު ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވާ ފާރިސް މައުމޫނާއި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލު ކުރައްވައިފިއެވެ.

އިބޫ ފާރިސްއާއި ބައްދަލު ކުރައްވާފައި ވާއިރު ޖެނެރަލް ޝިޔާމާއި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ. އޭގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާ ވެސް އިންތިހާބީ ރައީސް ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ. އެގޮތުން އެމްއެމްއޭ.ގެ ގަވަރުނަރު އަހުމަދު ނަސީރާއި ބައްދަލު ކުރައްވާފައިވާ އިރު އާދިއްތަ ދުވަހު ކަސްޓަމްސްގެ މުވައްޒަފުންނާއި އިސްވެރިންނާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ. އަދި ރާއްޖޭގެ މުއާސަލާތީ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި ކަމުގައިވާ ދިރާގަށް ވަޑައިގެން އެކުންފުނީގެ އިސްވެރިންނާ ވެސް އިބޫ ބައްދަލު ކުރެއްވިއެވެ.

އެއާއެކު އަވަށްޓެރި ގައުމުތަކުންނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ވެސް ދަނީ އެމަނިކުފާނު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ކިޔަމުންނެވެ. އެގޮތުން ޗައިނާގެ ރައީސް އާއި އިންޑިއާގެ ރައީސް ވެސް އެމަނކުފާނަށް ވަނީ މަރުހަބާ ކިޔުއްވައިފައެެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް