ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 14:45
ހުޅަނގު މޫސުމުގައި ކުރަމުންދާ ވިއްސާރައިގައި އުފެދިފައިވާ ކޮޅިގަނޑު
ހުޅަނގު މޫސުމުގައި ކުރަމުންދާ ވިއްސާރައިގައި އުފެދިފައިވާ ކޮޅިގަނޑު
މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސް
ރާއްޖޭގެ މޫސުން
ރާއްޖޭގެ މޫސުން: ށ އިން ފެށިގެން ބ އަތޮޅާ ހަމައަށް ޔެލޯ އެލާރޓް ނެރެފި
ޔެލޯ އެލާރޓް ނެރެފައި ވަނީ ހަވީރު 16:00 އިން ފެށިގެން 19:00 އަށް

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ށ. އަތޮޅާއި ބ. އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާރޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް އޮފީސް)އިން ބުނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ށ. އަތޮޅާއި ބ. އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާރޓް ނެރެފައިވާ ކަމަށެވެ. 

ސ. އަތޮޅާއި ބ. އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާރޓް ނެރެފައިވަނީ 16:00 އިން ފެށިގެން 19:00 އަށެވެ. 

ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމްގެ ބާރުގަދަވެ ކުރަމުން ދާ ވިއްސާރައިގައި ކުރިއަށް އޮތް 5 ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. 

ހުރިހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް