ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 13:41
ގާނޫނީ ވަކީލު މުހައްމަދު ފައިސަލް
ގާނޫނީ ވަކީލު މުހައްމަދު ފައިސަލް
ރާއްޖެއެމްވީ
ގާނޫނީ ވަކީލު ފައިސަލް
ކަފާލާތުގެ ދަށުން ބޭފުޅުން ދޫކޮށްލީ އިބޫ އިންތިޚާބު ކާމިޔާބުކޮށްގެން ނޫން: ފައިސަލް
ރައީސް މައުމޫން، ފާރިސް ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް ތަފާތު އެކިތާރީހުތަކުގައި ހައިކޯޓުގައި އެދިފައި ވާނެ
ރައީސް މައުމޫނާއި، ފާރިސް މިނިވަން ވެގެން ދިޔައީ ހައިކޯޓުގައި ބަޔާން ކޮށްފައިވާ ކަފާލާތުގެ އުސޫލުގެ ތެރެއިން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް އެދުނީ އިންތިޚާބީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމުން ނޫން ކަމަށް ރައީސް މައުމޫނުގެ ގާނޫނީ ޓީމުގައި މަސައްކަތް ކުރައްވާ ގާނޫނީ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ފައިސަލް ވިދާޅުވީ ކަފާލާތުގެ އުސޫލުގެ ދަށުން ރައީސް މައުމޫނާއި، ފާރިސް ދޫކޮށް ދިނުމަށް މިއެދުނީ މިއަދު އަދި އިއްޔެ ނޫން ކަމަށެވެ. ނުވަތަ ރިޔާސީ އިންތިޚާބުގެ އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ނޫން ކަމަށެވެ.

ފައިސަލް ވިދާޅުވީ ރައީސް މައުމޫނުގެ މައްޗަށް 13 ޖޫން 2018ގައި އެއްއަހަރާއި ހަތްމަހާއި ހަދުވަހުގެ ހުކުމެއް ކުރެވިގެން ދިޔައިރު އެހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއިރުގައި ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އަދި 27 ޖޫން 2018ގައި ފާރިސްގެ މައްޗަށް ހަތަރު މަހާއި ސައުވިސް ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު އެހުކުމް ވެސް ހައިކޯޓުގެ އިސްތިއުނާފު ކުރިއިރު ވެސް ކަފާލާތުގެ ދަށުން މިނިވަންކޮށްދިނުމަށް އެދިފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ރައީސް މައުމޫން އަދި ފާރިސް ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް ތަފާތު އެކި ތާރީހުތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާ ކަމަށެވެ.

"ރައީސް މައުމޫން އަދި ފާރިސް މައުމޫން ދެބޭފުޅުން ވެސް ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އަޅުގަނޑުމެން އެދެނު ސަބަބުތަކަކީ މައްސަލަތައް ލަސްވެގެންދާ ދިއުން. ދެވަނަ ސަބަބަކީ ރައީސް މައުމޫން ވެސް ފާރިސް މައުމޫނުގެ ވެސް ދިވެހިރާއްޖޭގެ ގާނޫނު އަސާސީންނާއި ގާނޫނުތަކުންނާއި އޭ ގާނޫނުތަކުން ބާރު ލިބިގެން ހެދިފައިވާ ގާނޫނުތަކުން ގަވާއިދުތަކުން ލިބޭ އެންމެހައި ރައްކާތެރިކަން ލިބުމަކީ އެބޭފުޅުންނަށް ލިބިގެންވާ ހައްގެއް. އެހެންވީމަ އެހައްގު ހޯދުމަށްޓަކައި އެބޭފުޅުންގެ ފަރާތުން ހުށަހެޅީ. މިއީ އެއްވެސް ހާލެއްގައި ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގައި ނެތް ކަމެއް މިއަދު ވުޖޫދުވެގެން ފާރިސްއާއި މައުމޫން ދޫވެގެން ދިޔައީއެއް ނޫން" ފައިސަލް ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކާ ދެކޮޅަށް އަޑުއުފުލުމަށް ނުކުންނެވުން ހައްޔަރުކޮށް ޖަލަށް ލާފައިވާ ބައެއް ބޭފުޅުން ކަފާލާތުގެ ދަށުން ދޫކޮށްލުމާ ގުޅިގެން ޕީޕީއެމް އިން ފާޑުކިޔަމުންދާއިރު، ފައިސަލް ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރޭގައި ކަފާލާތުގެ ދަށުން ދޫކޮށްލުމަކީ ހިމެނޭ ކަމެއް ކަމަށެވެ. އޭނަ ވިދާޅުވީ ކަފާލާތުގެ ދަށުން މިނިވަން ކުރުން އޮންނަނީ އެންމެ ގަވާއިދެއް އެންމެ ގާނޫނެއްގައި ނޫން ކަމަށާއި، ތަފާތު އެކި ގަވާއިދުގައި ތަފާތު ގާނޫނުތަކުގައި އެކަން ބަޔާންކޮށްފައި އެބަހުރި ކަމަށެވެ.

ފައިސަލް ވިދާޅުވީ ރައީސް މައުމޫނާއި، ފާރިސް މިނިވަން ވެގެން މިދިޔައީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަޔާން ކޮށްފައިވާ ކަފާލާތުގެ އުސޫލުގެ ތެރެއިން ކަމަށާއި، ހައިކޯޓުގައި ގަވާއިދުގައި ބަޔާން ކުރާ ކަފާލާތު ކުރާ އުސޫލަކީ ވެސް މިއަދު ވުޖޫދަށް އައި ކަމެއް ނޫން ކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކުށްވެރިވެއްޖެ ކަމަށް ދަށު ކޯޓަކުން ހުކުމްކޮށްފައިވާ މީހެއް ނުވަތަ ހައިކޯޓުން ހިންގާ ގަޒިއްޔާއިން ކުށުގެ ތުހުމަތުގައި ހުރި މީހަކު ހައިކޯޓުން ގަބޫލުކުރާ ފަދަ ކަފާލަތެއް ހުށަހަޅާފިނަމަ ހައިކޯޓުން އެމައްސަލައާ މެދު ނަޒަރު ހިންގުމުގެ ތެރެއިން ނުވަތަ ޝަރީއަތް ހިންގުމުގެ ތެރޭގައި އެމީހަކު ދޫކޮށްފައި ބެހެއްޓުމަކީ ހައިކޯޓުގެ އިހުތިޔާރުގައިވާކަމެއް ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މިއީ އެއްވެސް ހާލެއްގައި ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރޭގައި ނެތް ކަމެއް ނަގައިގެން ރައީސް މައުމޫން ގެއަށް ބަދަލުކުރުމަށްޓަކައި ނުވަތަ ފާރިސް މައުމޫނު ގެއަށް ބަދަލުކުރުމަށްޓަކައި ޝަރުއީ ކޯޓުތަކުން ހިންގި ކަމެއް ނޫން ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
1 އޮކްޓޯބަރ 2018 | ހޯމަ 09:17
މީމު
މިޔައްކިޔަނީ އިއްތިފާގު ތަ އިބޫ ހޮވުނު ދުވަސްކޮލާ ދިމާކޮށް މައުމޫން ދޫކުރީ..ފައިސަލް މޮޅުވާހަކަ ނުދައްކާތި
1 އޮކްޓޯބަރ 2018 | ހޯމަ 09:00
ނޫރީ
ކަފާލާތު ގެ ދަށުން ދޫކުރީ އިބޫ އިންތިހާބު ވުމުންކަން ކަޝަވަރު
1 އޮކްޓޯބަރ 2018 | ހޯމަ 08:54
ޞާލިޙް ޔަޙްޔާ
ކަފާލާތުގެދަށުންދޫކޮށްލުމަށް އެދުނަސް މިހާތަނަށް ދޫނުކޮށް ހިފެހެއްޓީ ކީއްވެބާ؟ އެހެންވެ ބުނެވެން އޮތީ އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިހާބު ވުމުން ދޫކޮށްލީކަމަށް