ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 13:35
ޕާސްޕޯޓް ދޫކޮށްލި ފަރާތްތައް
ޕާސްޕޯޓް ދޫކޮށްލި ފަރާތްތައް
މުހައްމަދު ޝަރުހާން
ޕާސްޕޯޓް ދޫކޮށްލުން
ހަ ބޭފުޅެއްގެ ޕާސްޕޯޓް ދޫކޮށްލައިފި

ސިޔާސީ ފަސް ބޭފުޅަކާއި ރައީސް މައުމޫންގެ ބޮޑީގާޑުގެ ޕާސްޕޯޓް އިމިގްރޭޝަނުން ދޫކޮށްލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަން އިން ބުނި ކޯޓު އަމުރާއެކު ޕާސްޕޯޓް ހިފަހައްޓާފައިވާ ފަރާތްތަކުގެ ތެރެއިން އިއްޔެ ދޫކޮށްލާފައިވަނީ، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފާއި ކުރީގެ ރައީސް މައުމޫންގެ ބޮޑީގާޑު މުހައްމަދު އަޒްމީ އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އާއި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ކަމަށެވެ.

ފާރިސް އާއި ގާސިމްގެ ޕާސްޕޯޓް ދޫކޮށްލާފައިވާއިރު ކަފާލާތުގެ ދަށުން އާދިއްތަ ދުވަހުގެ ރޭ ވަނީ ދެ ބޭފުޅުން ވަނީ ދޫކޮށްލާފައެވެ. ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރަށް ފަހު ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ސިނާން ވަނީ މިދިޔަ ސެޕްޓެމްބަރުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލާފައެވެ. ސިނާން މިނިވަންކޮށްފައިވަނީ ޝަރީއަތް ނިމެންދެން ބައްދުގައި ބަހައްޓަން އެކޯޓުން ކުރިން ނިންމާފައިވާ ނިންމުން ރިވިއު ކުރަން އެދުމުންނެވެ.

- ކޮމެންޓް
1 އޮކްޓޯބަރ 2018 | ހޯމަ 09:46
Moosa
Maumoon ge beyru Driver kobai tho? 1 february ah fahu bandhu kuri enmen dhookohlaa iru maumoongr bidheysee driver dhookohlaitho maumoonge aailaa in masahkai kuran vaane..