ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 11:52
ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން ކަމުގެ މަގާމުގެ ލިޔުން ސީއެސްސީގެ ފަރާތުން އަހްމަދު ލަތީފްއާ ހަވާލުކޮށްދެއްވަނީ
ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން ކަމުގެ މަގާމުގެ ލިޔުން ސީއެސްސީގެ ފަރާތުން އަހްމަދު ލަތީފްއާ ހަވާލުކޮށްދެއްވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް އަހްމަދު ލަތީފް އައްޔަންކުރައްވައިފި
ކުރިން ޗައިނާގެ ސަފީރުކަން ވެސް ކުރެއްވި

ޑަރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް ހ. ސީވިޑް އަހްމަދު ލަތީފް އައްޔަންކުރައްވައިފިއެވެ.

އިންތިޚާބީ ރައީސް ހުވާކުރެއްވުމާ ހަމައަށް އަމަލުކުރަންޖެހޭ "ވެރިކަން ބަދަލުވުމުގެ މަރްހަލާއާ ބެހޭ ޤާނޫނު" ގެ  6 ވަނަ މާއްދާގައި ބުނެފައި ވަނީ އެ ޤާނޫނުގެ ދަށުން މިކަން ވިލިރެސްކުރާ ފަރާތަކީ "ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން"  ކަމަށެވެ. އަދި އެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބުނެފައި ވަނީ ވިލަރެސްކުރާނޭ ފަރާތް (ޑައިރެކްޓަރ އޮފް ޓްރާންސިޝަން )އައްޔަންކުރާނީ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވާ ފަރާތުން އެދޭ ގޮތަށް ސިވިލް ސާރވިސް ކޮމިޝަނުން ކަމަށެވެ.

 

ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަހްމަދު ލަތީފް

ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންއަށް އިންތިޚާބީ ރައީސް އައްޔަންކޮށްފައިވާ އަހުމަދު ލަތީފަކީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވައި ކުރިން ސަފީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ މަޝްހޫރު ޓޭބަލް ޓެނިސް ކުޅުންތެރިއެކެވެ.

ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަހްމަދު ލަތީފް އައްޔަންކުރައްވާފައިވާ އިރު އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން އިންތިގާލީ މަރުހަލާގައި ސޔާސީ ގޮތުން އެންމެ އިސް ފަރާތެއްގެ ގޮތުގައި މަސައްކަތްކުރައްވާނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް