ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 10:57
ޕެޓްރޯލް ޝެޑް: ތެލުގެ އަގު ވަނީ ބޮޑުކޮށްފައި
ޕެޓްރޯލް ޝެޑް: ތެލުގެ އަގު ވަނީ ބޮޑުކޮށްފައި
މުހައްމަދު ޝަރުހާން
ތެލުގެ ބޮޑުކުރުން
ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
މިހާރު ޕެޓްރޯލް ލިޓަރެއް ވިއްކާނީ 10.97ރ. އަށް
މިހާރު ޑީސަލް ލިޓަރެއްގެ އަގަކީ 11.43ރ.
ބޮޑުކުރީ ލިޓަރަކުން 20ލ.

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހޯމަ ދުވަހުން ފެށިގެން ބޮޑުކޮށްފިއެވެ.

މިއީ މި އަހަރުގެ ތެރޭގައި ތެލުގެ އަގަށް އެސްޓީއޯ އިން ބަދަލު ގެނައި ފަސްވަނަ ފަހަރެވެ.

އެ ކުންފުނިން ބުނީ ޕެޓްރޯލާއި ޑީސަލް ލިޓަރަކުން މިހާރު 20 ލާރި އަގު ބޮޑު ކޮށްފައިވާނެ ކަމަށެވެ. އެހެންވެ. ހޯމަ ދުވަހުން ފެށިގެން އެސްޓީއޯ އިން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 10.97ރ. އަށެވެ. ޑީސަލް ލިޓަރެއްގެ އަގަކީ 11.43ރ. ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުންނެވެ.

އެސްޓީއޯ އިން، ޕެޓްރޯލްގެ އަގު އެންމެ ފަހުން ބޮޑުކުރީ މިދިޔަ މޭ މަހުއެވެ. އެ ފަހަރު އަގު ބޮޑުކުރީ ލިޓަރަކުން 31 ލާރިއެވެ. އެހެންވެ، މޭ 7 އިން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ޕެޓްރޯލް ލިޓަރެއް ވިއްކީ 10.42ރ. އަށެވެ.

ޑީސަލް ލިޓަރެއްގެ އަގު އެންމެ ފަހުން ބޮޑުކުރީ މިދިޔަ ޖޫން 7 ވަނަ ދުވަހުއެވެ. އޭރު ބޮޑުކުރީ ޑީސަލް ލިޓަރަކުން 10 ލާރިއެވެ. އެހެންވެ އާދީއްތަ ދުވަހުގެ ނިޔަލަށް ޑީސަލް ލިޓަރެއް ވިއްކަމުން އައީ 11.23 ލާރިއަށެވެ.

- ކޮމެންޓް