ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 10:33
ޅ. ނައިފަރަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި
ޅ. ނައިފަރަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތި އެތެރެކުރުން
ޅ. ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ މީހެއް

ޅ. ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ސެޕްޓެމްބަރ 28 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކަނޑުމަގުން ނައިފަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ.

އެ މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިކުރުމުން އޭނާގެ އަތުން ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ބުލެޓް ސައިޒުގެ ދެ ރަބަރު ޕެކެޓު ފެނިފައި ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ. އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ވަނީ ޖަހާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް