ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 23:58
ޗައިނާގެ ރައީސް ޝީ ޖިން ޕިން އަދި އިންތިހާބުން ބަލިވެވަޑައިގަތް ރައީސް އަބްދުﷲ ޔާމީން
ޗައިނާގެ ރައީސް ޝީ ޖިން ޕިން އަދި އިންތިހާބުން ބަލިވެވަޑައިގަތް ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
ރިޔާސީ އިންތިހާބު 2018
ޗައިނާގެ ރައީސް ވެސް އިބޫއަށް މަރުހަބާ ވިދާޅު ވެއްޖެ
ޝީ ވިދާޅުވީ ގުޅުމުގެ ފައިދާ ކުރާނީ ދެ ގައުމުގެ ރައްޔިތުންނަށް ކަމަށް
ގުޅުން އިތުރަށް ބަދަހި ކުރަން ބޭނުންވާ ކަމަށް ވިދާޅުވި

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވާ ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވެސް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސަށް ފޮނުއްވި މެސެޖުގައި ޝީ ވިދާޅުވީ ރާއްޖެ އާއި ޗައިނާއަކީ ޒަމާންވީ ރަހްމަތްތެރި ދެ ގައުމު ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި ބަދަހިވެފައިވާ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި ދެމެހެއްޓުމަށް ޗައިނާގެ އޮތީ ތައްޔާރަށް ކަމަށް ޝީ ފޮނުއްވެވި މެސެޖުގައިވެއެވެ. އަދި އެކީގައި މަސައްކަތްކޮށް ރަހްމަތްތެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް ޝައުގުވެރިވާ ކަމަށް ވެސް ޝީ ވިދާޅުވެފައިވެއެވެ. ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުން އޭގެ ފޮނި މީރުކަން ލިބޭނީ ދެ ގައުމުގެ ވެސް ރައްޔިތުންނަށްކަން ޝީ ފާހަގަ ކުރައްވާފައިވެއެވެ. ޝީ އެހެން ވިދާޅުވިއިރު މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ވެސް ޗައިނާއިންނެވެ.

ޗައިނާއިން ވަނީ ރައީސް ޔާމީންގެ ސަރުކާރާ ގުޅިގެން ތަރައްގީގެ މަޝްރޫއުތަކެއް ހިންގާފައެވެ. އަދި އަވަށްޓެރި އިންޑިއާގެ ބަދަލުގައި ރައީސް ޔާމީނާއެކު ބާއްވަމުން ގެންދިޔަ ގުޅުމުގެ ސަބަބުން، ގިނަ ބައެއްގެ ފާޑުކިޔުން ރައީސް ޔާމީންގެ ސަރުކާރަށް އާމަޒުވިއެވެ.

ޗައިނާއިން އިބޫއަށް މަރުހަބާ ކިޔާފައިވާއިރު، އަވަށްޓެރި ގައުމުތަކުންނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަނީ އެމަނިކުފާނު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ކިޔަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
1 އޮކްޓޯބަރ 2018 | ހޯމަ 04:30
މުހުންމަދު
އަޅުގަނޑުމެން އެންމެންވެސް ދަންނަންވާނެ ހަޤީގަތަކީ އެއްވެސްގައުމެއް އަނެއް ގައުމެއްގެ ރައްޔިތުންނަށް ހަމްދަރުދީވެގެން އެއްވެސް ކަމެއް ކޮށްނުދޭނެކަން. ކަންތަށްކޮށްދޭނީ އެޤައުމަކުން އަނެއް ޤައުމުގެ ބޭނުންހިފޭކުޑަބޮޑުމިނެއްގެ މަށްޗަށް. ވީމާއެންމެ ރަނގަޅު ޑީލް އެއްދޭބަޔަކު އެނިސްބަތުން ބޭނުންކުރަށްވަވާ. އއަޅުގަނޑުމެންގެއިސްތިޤްލާލާއި ކަރާމާތް ހިމާޔަތްކުރުމާއިއެކު. ތިޔަ އިންޑިޔާމީހުންނަކަށް ތިކަމެއް ނުވާނެ. ޤައުމެއްގައި އެއްނުން ސިކުނޑި ހުންނަނީ ވީމާ ހެޔޮގޮތުގައި ބޭނުން ކުރަށްވަވާ!
1 އޮކްޓޯބަރ 2018 | ހޯމަ 04:18
މުހުންމަދު
ރ.އިބޫސޯލިހް ޗައިނާގެބޮޑުމީހާ ތިދެއްވި ރަނުގެ ފުރުސަތު ނަގާނުލައްވާތި. ޙިކުމަތްތެރިކަމާއި އެކުބޭނުން ހިއްޕަވާތި. ތިއުޅޭ އިނޑިޔާ މީހުންގެ ސިޔާސަތު ނިކަންބޯބަހައްޓވައިގެން ބޭނުންހިއްޕަވާތި. އެއްކަމެއްވެސް ނުކޮށްދޭނެެ. އަބަދުވެސްބޭނުންވާނީ އަހަރުމެންނުކުޅެދޭ ބަޔެއްގެގޮތުގައި ތިބެ އެމީހުންގެ ފައިބުޑަށްގޮސް އާދޭސްކުރަން. މީއމީހުންގެ ސަގާފަތް. މިޔަކާއިވައކެއް ނުވެވޭނެ