ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 09:42
ޖަލްސާއެއް ގައި ރައީސް ޔާމީން ވަހަކަދައްކަވަނީ - އެމަނިކުފާނު ވަނީ އަބުރުގެ މައްސަލަ އަނބުރާ ނަންގަވައިފައި
ޖަލްސާއެއް ގައި ރައީސް ޔާމީން ވަހަކަދައްކަވަނީ - އެމަނިކުފާނު ވަނީ އަބުރުގެ މައްސަލަ އަނބުރާ ނަންގަވައިފައި
ރާއްޖެ އެމްވީ
ރައީސް އަބްދުﷲ ޔާމީން
ރައީސް ޔާމީންގެ އަބުރާ ބެހުނުކަމަށް ބުނެ ހުށައެޅި މައްސަލަ އަނބުރާ ނަގައިފި
މައްސަލައިގެ ދައުވާ ފޯމް ބާތިލްކޮށްފައިވަނީ މައްސަލަ އަނބުރާ ގެންދިއުމާއި ގުޅިގެން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައެޅި މައްސަލައަކާއި ގުޅޭ މައުލޫމާތު ހާމަކުރުމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް އަރައިގެން ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރުގެ މައްޗަށް ކުރެއްވި ދައުވާ އަނބުރާ ނަންގަވައިފި އެވެ. 

ހަސަން ލަތީފު އާއި، އަނަސްގެ މައްޗަށް ރައީސް އަބްދުﷲ ޔާމީން އަބުރުގެ ދައުވާކުރެއްވީ "ވަގު ތެޔޮ ސްޕެޝަލް"ގެ ނަމުގައި އެމްޑީޕީގެ ފަރާތުން ރިޕޯޓެއް ތައްޔާރުކޮށް މިހިނގާ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު އެމްޑީޕީގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ރާއްޖެޓީވީ މެދުވެރިކޮށް އެ ރިޕޯޓާ ބެހޭ މައުލޫމާތު މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކޮށް، އެ މައްސަލަ އޭސީސީއަށް ހުށައަޅާފައިވާތީ އެވެ. އެ މައްސަލާގައި އަބުރުގެ ދައުވާކުރުމަށް ރައީސް ޔާމީންގެ ފަރާތުން ކޯޓަށް ހުށައެޅުއްވީ މި މަހުގެ 19 ވަނަ ދުވަހު އެވެ. 

މައްސަލައިގެ ދައުވާ ފޯމް ބާތިލްކޮށް، ހައި ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ އަބުރާ ބެހުމުގެ މައްސަލަ މިވަގުތު އިތުރަށް ކުރިއަށް ގެންދަވަން ބޭނުންފުލު ނުވާ ކަމަށް ވިދާޅުވެ އެ މައްސަލަ ބާތިލްކޮށް ދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލައިގެ ދައުވާ ފޯމު ބާތިލްކުރުމަށްފަހު އެ މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ހުކުމުގައި ބުންޏެވެ.

ވަގު ތެލުގެ ވިޔަފާރީގެ މައްސަލަ އޭސީސީއަށް ހުށައެޅުއްވިކަން ހާމަކުރުމަށް އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފު ވިދާޅުވީ ދިވެހި ދިދަ ގަވާއިދާ ހިލާފަށް ބޭނުންކޮށްގެން ތެލުގެ ވަގު ވިޔަފާރީ ހިންގި ކަމަށް ބުނާ "ޒިން ޔުއާން18" ކުއްޔަށް ހިފައިގެން އުޅެނީ ހޮންކޮންގްގެ ލޯންގް ލައިން އިންޓަރނޭޝަނަލް ޝިޕް މެނޭޖްމަންޓް ކޮމްޕެނީ ލިމިޓެޑް ކިޔާ ކުންފުންޏަކުން ކަމަށާއި އެ ކުންފުނީގެ ބެލުމުގެ ދަށުގައި އޮންނަ "ޕްރޮސްޕެރީ" ކިޔާ ބޯޓަކުން ވެސް 15 ޖެނުއަރީ 2018 ގައި ދިވެހި ދިދަ ބޭނުން ކޮށްފައިވާ ކަމަށެވެ.

އެ އުޅަނދުގައި ރާއްޖެއަށް ނިސްބަތްވާ ތެޔޮ އުފުލާ ބޯޓެއް ކަމުގައިވާ "ޓްރާންސް ފިއުލް11"ގެ ކޯލް ސައިން ބޭނުންކޮށްފައިވާ އިރު "ޓްރާންސް ފިއުލް11" އަކީ ކުރީގެ ކާނަލް، މުހައްމަދު ޒިޔާދުގެ މެނޭޖިންގ ޑިރެކްޓަރކަމުގެ ދަށުގައި ހިންގަމުންދާ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ ބޯޓެއް ކަމަށާއި ރައީސް ޔާމިން ވަނީ އެ ކުންފުނިން ލޯނެއް ބޭނުންވެގެން އެދުމުން ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު މެމްބަރުންނަށް ގުޅުއްވައި އެ ލޯނު ދިނުމަށް އެދިވަޑައިގެންފައި ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް