ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 09:34
ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން
ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން
ގޫގުލް
ދިވެހިރާއްޖެ - ސައުދި އަރަބިއް
ސައުދީ ރަސްގެފާނު އިންތިހާބީ ރައީސަށް ގުޅުއްވާ މަރުހަބާ ދަންނަވައިފި
ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދުގެ ގުޅުން ވަރުގަދަވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމަށް ރަސްގެފާނު ވިދާޅުވި
ދެ ގައުމުގެ ދެމެދުގެ ގުޅުން ހާއްސަ ގުޅުން ތަރައްގީ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް އިންތިހާބީ ރައީސް ސޯލިހް ދެންނެވި

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު މިއަދު ގުޅުއްވައި މަރުޚަބާ ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ސައުދީ އަރަބިއްޔާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަސްގެފާނު ސަލްމާން، އިންތިޚާބީ ރައީސް ސޯލިހަށް ގުޅުއްވާ ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ.

މީގެ އިތުރުން، ދިވެހި އެންމެހާ ރައްޔިތުންނަށް ކާމިޔާބާއި ފާގަތިކަން އެދިލައްވާކަމަށާއި، އިންތިހާބީ ރައީސް ސޯލިހްގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން ތަރައްގީވެ، ވަރުގަދަ ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ރަސްގެފާނު ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާގެ ހާރިޖީ ވުޒާރާއިން ބުނި ގޮތުގައި ސޯލިހްވަނީ ރަސްގެފާނަށް ޝުކުރު އަދާ ކުރައްވާ، ދެ ގައުމުގެ ދެމެދުގެ ގުޅުން ހާއްސަ ގުޅުން ތަރައްގީ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ރަސްގެފާނުގެ ސަލްމާނުގެ އިތުރުން ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ވެސް ސޯލިހަށް ގުޅުއްވައި ވަނީ މަރުޚަބާ ވިދާޅުވެފަ އެވެ.

ސެޕްޓެމްބަރު 23 ބޭއްވި ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީންއާއި ރަނިންގމޭޓް ޑރ. މުހައްމަދު ޝަހީމްއާ ވާދަކުރައްވާ ސޯލިހް އާއި ރަނިންގމޭޓް ފައިސަލް ނަސީމް ކާމިޔާބު ކުރެއްވީ 58.4 ޕަސެންޓް ވޯޓާއެކުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް