ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 22:05
މިއަހަރުގެ ބަޖެޓް ދިރާސާކުރުން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔައިރު ފިނޭންސް މިނިސްޓަރު މުނައްވަރު މަޖިލީހުގެ ބަޖެޓް ކޮމިޓީގައި
މިއަހަރުގެ ބަޖެޓް ދިރާސާކުރުން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔައިރު ފިނޭންސް މިނިސްޓަރު މުނައްވަރު މަޖިލީހުގެ ބަޖެޓް ކޮމިޓީގައި
މުހައްމަދު ޝަރުހާން
ފިނޭންސް މިނިސްޓްރީ
އަންނަ އަހަރުގެ ބަޖެޓް ތައްޔާރުކޮށްދިނުމަށް އިބޫއަށް ހުށަހަޅައިފި
މިއީ އާ ސަރުކާރަށް ބަޖެޓް ހުށަހެޅުމަށް ދިން ފުރުސަތެއް
ބޭނުމަކީ އާ ސަރުކާރުގެ ސިޔާސަތުތަކަށް ބަޖެޓް ތައްޔާރު ކުރުން
ބަޖެޓް ހެދުމުގައި ފިނޭންސް މިނިސްޓްރީގެ ފަންނީ މުވައްޒަފުންގެ އެހީތެރިކަން ފޯރުކޮށްދޭނެ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ތައްޔާރު ކުރުމަށް އަލަށް އިންތިޚާބުވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހުށަހަޅައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާދީއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 96 ވަނަ މާއްދާއާއި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ މާލީ އަހަރެއް ފެށުމުގެ ދެ މަސް ކުރިން ދައުލަތުގެ އަންދާޒާ ބަޖެޓު ތައްޔާރުކޮށް ރައްޔިތުންގެ މަޖުލީހަށް ހުށަހަޅަން ޖެހެއެވެ.

މިގޮތުން މި ޒިންމާ އަދާކުރުމުގެ ގޮތުން 2018 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން އެ މިނިސްޓްރީ އާއި ދައުލަތުގެ މުއައްސަސާތަކުން 2019 ވަނަ އަހަރަށް އަންދާޒާ ކުރާ ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން ކުރަމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.  އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާ ތާރީޚު ކަމަށްވާ އޮކްޓޯބަރު 31 ގެ ނިޔަލަށް މަސައްކަތް ނިންމުމަށް މަސައްކަތް ދަނީ ކުރެވެމުން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް 2019 ވަނަ އަހަރު ދިވެހި ދައުލަތް ހިންގަވާނީ އަލަށް އިންތިޚާބު ކުރެވުނު ސަރުކާރުން ކަމަށްވާތީ އާއި އެސަރުކާރުން ދައުލަތުގެ ހިންގުމާއި ހަވާލުވާއިރު ބަޖެޓް ހުށަހެޅުމުގެ ސުންގަޑި ވާނީ ހަމަވެފައި ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ސަރުކާރުން ދެކޭ ގޮތުގައި އައުސަރުކާރުގެ އޮނިގަނޑާއި ސިޔާސަތުތައް ހިމެނޭހެން 2019 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުމަކީ މުހިއްމުކަމަކަށް ވާތީ 2019 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުމަށްޓަކައި، ބަޖެޓުގައި ހިމަނުއްވަން ބޭނުންފުޅުވާ އިދާރީ ބަދަލުތަކާއި އައު ސިޔާސަތުތަކުގެ ތަފްސީލު ހިމެނޭ ހެން، 2019 ވަނަ އަހަރުގެ ބަޖެޓު، އިންތިޚާބީ ރައީސްގެ ފަރާތުން ތައްޔާރުކޮށްދެއްވުމަށް ވާނީ ދަންނަވާފައި ކަމަށެވެ. މިކަމުގައި ފިނޭންސް މިނިސްޓްރީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމްތައްވެސް ހަމަޖައްސާފައިވާ ވާހަކަވެސް ވާނީ ދަންނަވާފައި ކަމަށް ފިނޭންސް މިނިސްޓްރީން ދިވެހި ބަހުންނާއި އިންގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް