ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 21:56
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު
ރާއްޖެ އެމްވީ
ޕީޕީއެމް ޕްރެސް ކޮންޕްރެންސް
ސިޔާސީ ލީޑަރުން ކަފާލާތުގެ ދަށުން މިނިވަން ކުރުމުން ޕީޕީއެމްއިން ކަންބޮޑުވެއްޖެ
ޖަލުތަކުގައި ތިބި ނިކަމެތި ކުދިން މިނިވަން ކޮށްދިމުމަށް ނިހާން ގޮވާލެއްވި

ސިޔާސީ ލީޑަރުން ކަފާލާތުގެ ދަށުން މިނިވަން ކުރުމުން ޕީޕީއެމް އާއި އެ ޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ކަންބޮޑުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫނާއި، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާދިއްތަ ދުވަހު ކަފާލާތުގެ ދަށުން މިނިވަންކުރުމާއި އެކު، ކުއްލި ގޮތަކަށް ޕީޕީއެމުން ބޭއްވި ޕްެރެސް ކޮންފަރެންސެއްގައި ނިހާން ވިދާޅުވީ، ވަރަށް ނިކަމެތި އާއިލާގެ ކުދިން ނިކަމެތި ހާލުގައި ޖަލުގައި އެބަތިބިކަމަށެވެ.

"ކަފާލާތުގެ ދަށުން. އަދި އެމްޑީޕީގައި އޮންނަ ލޯތްބާއި އިންސާފުގެ ދަށުން އެކުދިންނަށް ވެސް ކޮންމެވެސް މިންވަރެއްގެ ފައިސާއެއް ދައްކައިދީ ދޫކޮށްލައި ދިނުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އެކުދިން ތިބީ ވަރަށްވެސް ނިކަމެތި ހާލުގައި ނިދަނީ ސިމެންތި އަށިތަކުގައި," ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، ލާރިހުރި، ބާރުހުރި ބޭފުޅުން ބޮޑެތި އަދަދުތަކުން ކަފާލާތު ދެއްކުމަށްފަހު މިނިވަންވާއިރު ނިކަމެތި ކުދިންގެ އާއިލާތަކުންނާއި އަނބިދަރިންވެސް އެދެނީ އާއިލާގެ ކައިރީގައި ވަގުތު ހޭދަކޮށްލުމަށް ކަމަށެވެ.

ނިހާން މިހެން ވިދާޅުވިއިރު، ކަފާލާތުގެ ދަށުން ވިޔަސް އަދި ކޯޓްތަކުން ވިޔަސް މިއަދު މިނިވަންކުރި ބޭފުޅުންނަކީ އެބޭފުޅުންގެ ތަހުގީގުތަކުން ފެށިގެންގޮސް ޝަރީއަތްތައް ހިންގުމާއި ހަމައަށް އިޖުރާއަތުތަކާއި ޚިލާފަށް ޝަރީއަތްކޮށް ހުކުމްކޮށްފައި ތިއްބެވި ބޭފުޅުންކަމަށް އިދިކޮޅު ފަރާތްތަކާއި ބޭރުގެ ފާރާތްތަކާއި އެބޭބޭފުޅުންގެ ގާނޫނީ ވަކީލުން އޭރުވެސް ވިދާޅުވަމުންގެންދެވި ބޭފުޅުންނެވެ.

ޖަލުތަކުގައި ބަންދުކޮށްފައި ތިއްބާ އެތަށް ބަޔަކު ގޮތްނޭނގޭގޮތަށް މި ވެރިކަމުގެ ތެރޭގައި މަރުވެފައިވެސް އެބަހުއްޓެވެ. އަދި މޭޑޭ މުޒާހަރާއާއި ގުޅިގެން ޖަލު ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ކުއްލި ގޮތަކަށް މަރުވި އަބުދުﷲ ރަޝީދު މަރުވީ އެކަށީގެންވާ ފަރުވާ ނުލިބިގެންކަން އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.

ނިހާން މިހެން ވިދާޅުވި އިރު ރިޔާސީ އިންތިޚާބާއި ދިމާކޮށް ޖަލުތަކުގައި ތިބި ނުރައްކާތެރި އެތަށް ކުއްވެރިންނެއް ވަނީ މިނިވަންކޮށްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
1 އޮކްޓޯބަރ 2018 | ހޯމަ 09:14
އެޑަމް
އުންމީދު ކުރަނީ ކުއްވެރިންނަށްވެސް އަދި އެހެން މީހުންނަށްވެސް އަމާން އެމީހަކަށް ހައްޤުވާ މިންވަރު ލިބޭނެ ހެޔޮ ވެރިކަމުގެ ނިޘާމަކަށް، އަޅުގަނޑުމެނަށް ހެޔޮ އިބޫވިޔަސް ކިނބޫވިޔަސް ޔާމީން ވިޔަސް މަޢުމޫނުވިޔަސްވެސް
1 އޮކްޓޯބަރ 2018 | ހޯމަ 03:56
އެޑަމް
ނިހާން ކަލޯ ރައީސުލް ޖުމްހޫރިއްޔާއަށް ދަންނަވާބަލަ މާފް ދީފަ ދޫކޮށްލާށޭ...
1 އޮކްޓޯބަރ 2018 | ހޯމަ 03:42
ނީނާ
ނިހާނުގެ ދުވަހު ކީއްވެ ނުކުރީ ބުޑެތި ކުއްވެރިން ދޫކުރީމެއްނު
30 ސެޕްޓެންބަރ 2018 | އާދީއްތަ 18:12
ޢާޅި
ކަލޯ އަދި ދޫކުރާނެ ބޯގޯސް!!!!!!
30 ސެޕްޓެންބަރ 2018 | އާދީއްތަ 18:07
ރަށުމީހާ
ލަނޑަޔާވާނީ ލަނޑާ! ދިވެހިބަސް މާނަކުރަން މިވަރުގެމީހަކުނެތޯ ބުއްދި ހަމަބާ މީނަގެ?
30 ސެޕްޓެންބަރ 2018 | އާދީއްތަ 17:30
xooo
nihaan kaley anga lahpaabala kameh nethiyyaa
30 ސެޕްޓެންބަރ 2018 | އާދީއްތަ 17:29
Hf
Raajjetv in faisal naseem dhaa thanthan vvvvvvvv nudhahkaa tvin campaign gavx mulhinhen ibu genes dhiny ehvx insaafeh neiy aharemen vote dhiny ibu akah eknyey nun faisal ahvx
30 ސެޕްޓެންބަރ 2018 | އާދީއްތަ 17:24
ޠާޙޫޠާ
ނިހާނު 5 އަހަރު ލިބުނީމަ ކީއްވެ ޢެހާ ނިކަމެތި ކޮށް އެކުދިން ގެންގުލުނީ