ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 19:44
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ރާއްޖެ އެމްވީ
ގާސިމް އިބުރާހިމް
ކޯޓު އަމުރަށްފަހު ގާސިމްގެ ޕާސްޕޯޓް ދޫކޮށްލައިފި!
މިހާރު ވަނީ އެމަނިކުފާނުގެ ޕާސްޕޯޓްވެސް ދޫކޮށްލާފައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި މައްސަލައިގައި ޖަލަށް ހުކުމްކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަފާލާތުގެ ދަށުން މިނިވަންކޮށް އެމަނިކުފާނުގެ ޕާސްޕޯޓްވެސް ދޫކޮށްލައިފިއެވެ.

ޝަރުތުތަކެއް ކަނޑައެޅުމަށްފަހު ގާސިމް އިބްރާހިމް މިނިވަން ކުރަން ނިންމެވީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ. ކަފާލާތުގެ ގޮތުގައި ގާސިމް ކޯޓަށް ދައްކާފައިވަނީ  70،000 ރުފިޔާއެވެ.

ގާސިމްގެ ޕާސްޕޯޓް ދޫކޮށްލާފައިވާކަން އިމިގްރޭޝަނުން ވަނީ ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފައެވެ.

ރިޝްވަތުގެ ކުށުގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމް މިހާރު ހުންނެވީ ޖަރުމަންވިލާތުގައެވެ. ކަފާލާތުގެ ދަށުން އޭނާ ދޫކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން މިރޭ އަމުރުކުރީ ގާސިމް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ނިމެންދެން އޭނާ ކަފާލާތުގެ ދަށުން ދޫކޮށްދޭން އެދި ހައި ކޯޓަށް ހުށަހެޅުމުންނެވެ

ކަފާލާތުގެ ދަށުން ގާސިމް ދޫކޮށްލަން އަމުރު ކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ކަފާލާތުގެ ދަށުން ދޫކުރަން މިރޭ ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އޭނާ ވެސް ގެންދެވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް