ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 18:51
ރައީސް މައުމޫން: ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފައި
ރައީސް މައުމޫން: ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފައި
ރާއްޖެއެމްވީ
ކުރީގެ ރައީސް މައުމޫން
ކަފާލާތުގެ ދަށުން ރައީސް މައުމޫން ވެސް މިނިވަންކޮށްފި
ރައީސް މައުމޫން ދޫކޮށްލީ ކަފާލާތުގެ ދަށުން
ދޫކޮށްލާފައި މިވަނީ ގެއަށް ބަދަލު ކުރުމަށް މެޑިކަލް ބޯޑުން ލަފާ ދެއްވާފައި ވަނިކޮށް
ޤާސިމާއި ފާރިސް ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައި

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށް ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރެއްވުމަށްފަހު ބަންދުކުރި ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

ރައީސް މައުމޫން ދޫކޮށްލާފައިވަނީ ރައީސް މައުމޫން ގޭބަންދަށް ބަދަލުކުރަން ކަރެކްޝަންސްގެ މެޑިކަލް ބޯޑުން ނިންމާފައިވާ ކަމަށް އަޑު ފެތުރިފައިވާތާ ދުވަސްކޮޅެއް ފަހުންނެވެ. އެމަނިކުފާނު ގެއަށް ބަދަލު ކުރެއްވުމަށް އެބޯޑުން ނިންމި ނަމަވެސް ކަރެކްޝަނުން އެމަނިކުފާނު ދޫކޮށްލުމަށް ދެކޮޅު ހަދަމުންދާތީ ސަރުކާރަށާއި ކަރެކްޝަނަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވި އެވެ. 

ކަފާލާތުގެ ދަށުން މައުމޫން ދޫކޮށްލިއިރު، ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް އާއި ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވެސް ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލައިފަ އެވެ. 

ރައީސް މައުމޫންގެ ޤާނޫނީ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވީ މެޑިކަލް ބޯޑުން އެމަނިކުފާނު ގޭބަންދަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ކަރެކްޝަންސް އިން މިހާތަނަށް ދޮގުކޮށްފައި ނުވާ ކަމަށެވެ.

ރައީސް މައުމޫން "ވާރޓިގޯ" ބައްޔަށް ފަރުވާ ހޯއްދަވަމުން އަންނައިރު އެ މަނިކުފާނުގެ ސިއްހީ ހާލަތު ހުރި ގޮތުން، ޖަލުގައި އެކަނި ބޭއްވުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އެ މަނިކުފާނު ބައްލަވަމުން ގެންދަވާ ޑޮކްޓަރުން ވިދާޅުވަމުން ގެންދަވާ ކަމަށް ތަކުރާރުކޮށް އާއިލާއިން ދަނީ ބުނަމުންނެއެވެ.

ރައީސް މައުމޫން ހައްޔަރުކޮށް، ހުކުމެއް އިއްވާފައި ވަނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހިންގި ތަހުގީގަކަށް ފަހުއެވެ. އެ އަމުރާ ގުޅިގެން އެމަނިކުފާނަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އުފުލިއެވެ. ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު ރައީސް މައުމޫން ހައްޔަރުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރެއެވެ.

އަދުލު އިންސާފަށް ހުރަސްއެޅި ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާ ސާބިތުވުމާ ގުޅިގެން ރައީސް މައުމޫން ގެންދަވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް