ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 19:49
ކަސްޓަމްސްގެ މުވައްޒަފުންނާ މުޚާތަބުކުރައްވާ އިންތިޚާބީ ރައީސް ވާހަކަ ދައްކަވަނީ
ކަސްޓަމްސްގެ މުވައްޒަފުންނާ މުޚާތަބުކުރައްވާ އިންތިޚާބީ ރައީސް ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ވެރިކަން ބަދަލުވުން
އިބޫ އާއި ފައިސަލް ކަސްޓަމްސްގެ މުވައްޒަފުންނާއި ބައްދަލު ކުރައްވައިފި
ސަރުކާރުގެ އޮފީހެއްގެ މުވައްޒަފުންނާ ރަސްމީކޮށް ބައްދަލުކުރައްވާ ފުރަތަމަ ފަހަރު
ވެރިކަމެއްގައި އެއިން އެއްވެސް މީހަކަށް ތަފާތުކުރުމެއް ނޯންނާނެ

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި (އިބޫ) އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް ކަސްޓަމްސްގެ މުވައްޒަފުންނާ އާދީއްތަ ދުވަހު ބައްދަލުކުރައްވައިފިއެވެ.

މިއީ އިންތިޚާބަށްފަހު އިބްރާހިމް މުހައްމަދު ސޯލިހް އާއި ފައިސަލް ސަރުކާރުގެ އޮފީހެއްގެ މުވައްޒަފުންނާ ރަސްމީކޮށް ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވުމާ ގުޅިގެން އެ ދެ ބޭފުޅުންނަށް މަރުހަބާ ކިޔުމަށްޓަކައި ކަސްޓަމްސްގެ މުވައްޒަފުން ބޭއްވި ހަފްލާގައި އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވާހަކަ ދައްކަވާފައެވެ.

ކަސްޓަމްސްގެ އިސްވެރިންނާއި ފައިސަލް ބައްދަލުކުރައްވަނީ

އެމަނިކުފާނު ވިދާޅުވީ ކަސްޓްމަސް އަކީ ރައްޔިތުންނަށް ވަރަށް ޚިދުމަތްތެރި މަސައްކަތްތަކެއް ކޮށްދިން މުއައްސަސާއެއް ކަމަށާއި އަދި އަދާ ކޮށްދޭންޖެހޭ މުއައްސަސާއެއްކަމަށެވެ. އަދި ވަކި ފިކުރެއްނެތި އެއްވެސް ތަފާތު ކުރުމެއްނެތި ޚިދުމަތް ކުރުމަށް އިބޫ އެދިވަޑައިގެންނެވިއެވެ.

"މި މުއައްސަސާގައި ވަޒީފާ އަދާކުރާ ބޭފުޅުންގެ ތެރޭގައި އަޅުގަނޑުމެންނަށް ތާއީދު ނުކުރައްވާ ބޭފުޅުންވެސް ތިއްބަވާނެ. އެއީކީއެއް މައްސަލައެއް ނޫން. އަދި އަޅުގަނޑުގެ ވެރިކަމެއްގައި އެއިން އެއްވެސް މީހަކަށް ތަފާތުކުރުމެއް ނޯންނާނެ. މަސައްކަތް ކުރުމުގެ ފުރުސަތު އެބޭފުޅަކަށް ލިބިވަޑައިގަންނަވާނެ. އަދި އަޅުގަނޑުމެންގެ ވެރިކަމުގައި ތިބޭފުޅުންނަށް ޕްރޮމޯޝަންއާއި ވަޒީފާގެ ކުރިއެރުން ލިބުމުގައި އެއަކަށް އަޅުގަނޑުމެން ނުބަލާނަން،" އިބޫ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ވަނީ އިބްރާހިމް މުހައްމަދު ސޯލިހު އަދި ފައިސަލް ނަސީމަށް މަރުހަބާ ދަންނަވާފައެވެ.

މިހާރުގެ ރައީސް އަބްދުﷲ ޔަމީނާ ވާދަކުރައްވައި އިބްރާހިމް މުހައްމަދު ސޯލިހް އިންތިޚާބު އިންތިޚާބު ކާމިޔާބު ކުރެއްވީ 58.4 އިންސައްތަ ވޯޓުންނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ 41.6 އިންސައްތަ ވޯޓެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް