ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 21:08
ގާސިމް އާއި ފާރިސް: ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފައި
ގާސިމް އާއި ފާރިސް: ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފައި
ރާއްޖެ އެމްވީ
ފާރިސް މައުމޫން
ކަފާލާތުގެ ދަށުން ޤާސިމް އާއި ފާރިސް ދޫކޮށްލައިފި
ދޫކޮށްލާފައި ވަނީ ޝަރުތު ތަކެއްގެ ދަށުން

ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހިމް އާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް، ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ. 

މި ދެ ބޭފުޅުން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ނިންމީ އާދިއްތަ ދުވަހު ހަވީރު ހައި ކޯޓުންނެވެ.

ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އަމުރުގައި ސޮއިކުރައްވާފައި ވަނި ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އެވެ. ކަފާލާތުގެ ގޮތުގައި ފާރިސް ކޯޓަށް ދައްކާފައި ވަނީ 40،000 ރުފިޔާ އެވެ، ގާސިމް ދައްކާފައި ވަނީ 70،000 ރުފިޔާ އެވެ. 

ޝަހުސު އޮޅުވާލި ކަމަށް ބުނެ ފާރިސްއަށް ކުރި ދައުވާގައި ފާރިސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ މި ދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ. އޭރު ވެސް ފާރިސް ހުންނެވީ ޖަލުގައެވެ.

ކަފާލާތުގެ ދަށުން ފާރިސް ދޫކޮށްލަން ނިންމި ނަމަވެސް، ޤާނޫނާ ޚިލާފަށް ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރުމުން ހުށަހަޅާފައިވާ މައްސަލަ ނިމެންދެން ޖަލު ބަންދުގައި އޭނާ ބެހެއްޓުމަށް ކޮށްފައިވާ އަމުރަށް އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ، ގާސިމް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށެވެ.  

ގާސިމް މިވަގުތު ހުންނެވީ ޖަރުމަނުވިލާތުގަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް