ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 21:31
ރައީސް މައުމޫނު އެމަނިކުފާނުގެ ދަރިކަލުންނާއެކު:- ފާރިސް އާއި މައުމޫނުގެ ބަންދާމެދު މިއަދު ގޮތެއް ނިންމާނެ
ރައީސް މައުމޫނު އެމަނިކުފާނުގެ ދަރިކަލުންނާއެކު:- ފާރިސް އާއި މައުމޫނުގެ ބަންދާމެދު މިއަދު ގޮތެއް ނިންމާނެ
ރާއްޖެ އެމްވީ
މައުމޫނު އަބްދުލް ގައްޔޫމް
ކަފާލާތުގެ ދަށުން މައުމޫނާއި ފާރިސް ދޫކޮށްލުމާ މެދު މިއަދު ގޮތެއް ނިންމަނީ
ރައީސް މައުމޫނު ހައި ކޯޓަށް ހާޒިރުކުރާނެ ކަމަށް މައުލޫމާތު ލިބިފައިވޭ

ކަފާލާތުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އަހްމަދު ފާރިސް މައުމޫނު ދޫކޮށްލުމާ މެދު ހައި ކޯޓުން ގޮތެއް ނިންމާނެ ކަމަށް އެ ކޯޓުން ބުނެފި އެވެ.  

ރައީސް މައުމޫނާއި ފާރިސްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކޮށްދޭން އެދި ހައި ކޯޓަށް ވަނީ މައްސަލަ ހުށައަޅާފަ އެވެ. އިސްތިއުނާފުގެ މައްސަލަ ނިމެންދެން ހުކުމް ތަންފީޒް ކުރަމުން ނުދާ ގޮތަށް ދޫކޮށްލުމަށް އެދި އެ ދެ ބޭފުޅުން ވެސް ހުށައެޅި އެވެ.  

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯދުމެއް ނެތި އެ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ފާރިސް އަށް އިއްވާފައި ވަނީ ހަތަރު މަހާ 24 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމެއް ވަނީ ހައި ކޯޓުން ބާއްވާފަ އެވެ.  

މައުމޫނު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ފުލުހުންގެ އެދުމަށް ފޯނެއް ނުދިން ކަމަށް ބުނެ އެވެ. އެ މަނިކުފާނުގެ މައްޗަށް ހުކުމްކޮށްފައި ވަނި އެއް އަހަރާއި ހަ މަހާއި ހަތް ދުވަހަށެވެ. 

ފާރިސް މިހާރު ވެސް އިންނެވީ ހައި ކޯޓުގަ އެވެ. އަދި މިއަދުގެ ވަގުތެއްގައި ރައީސް މައުމޫނު ހައި ކޯޓަށް ހާޒިރުކުރާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް