ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 17:40
ރައީސް މައުމޫން
ރައީސް މައުމޫން
މިހާރު
ކުރީގެ ރައީސް މައުމޫން
ރައީސް މައުމޫން ގޭބަންދަށް ބަދަލުކުރަނީ
ގޭބަންދަށް ބަދަލުކުރަން ކަރެކްޝަންސްގެ މެޑިކަލް ބޯޑުން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބޭ
އެމަނިކުފާނުގެ ބަންދާމެދު މިއަދު ކޯޓުން ގޮތެއް ނިންމާނެ
ރައީސް މައުމޫނަށް ހުކުމް ކޮށްފައިވަނީ ފޯނު ނުދިންކަމަށް ބުނެ

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށް ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރެއްވުމަށްފަހު ބަންދުކުރި ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ގެއަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫންގެއަށް ބަދަލު ކުރައްވަނީ ރައީސް މައުމޫން ގޭބަންދަށް ބަދަލުކުރަން ކަރެކްޝަންސްގެ މެޑިކަލް ބޯޑުން ނިންމާފައިވާ ކަމަށް އަޑު ފެތުރިފައިވާތާ ދުވަސްކޮޅެއް ފަހުންނެވެ. އަދި އެމަނިކުފާނު ގެއަށް ބަދަލު ކުރެއްވުމަށް އެބޯޑުން ނިންމި ނަމަވެސް ކަރެކްޝަނުން އެމަނިކުފާނު ދޫކޮށްލުމަށް ދެކޮޅު ހަދަމުންދާތީ ސަރުކާރަށާއި ކަރެކްޝަނަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފއަިވަނިކޮށެވެ.

ރައީސް މައުމޫންގެ ޤާނޫނީ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވީ މެޑިކަލް ބޯޑުން އެމަނިކުފާނު ގޭބަންދަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ކަރެކްޝަންސް އިން މިހާތަނަށް ދޮގުކޮށްފައި ނުވާ ކަމަށެވެ.

ރައީސް މައުމޫން "ވާރޓިގޯ" ބައްޔަށް ފަރުވާ ހޯއްދަވަމުން އަންނައިރު އެ މަނިކުފާނުގެ ސިއްހީ ހާލަތު ހުރި ގޮތުން، ޖަލުގައި އެކަނި ބޭއްވުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އެ މަނިކުފާނު ބައްލަވަމުން ގެންދަވާ ޑޮކްޓަރުން ވިދާޅުވަމުން ގެންދަވާ ކަމަށް ތަކުރާރުކޮށް އާއިލާއިން ދަނީ ބުނަމުންނެއެވެ.

ރައީސް މައުމޫން ހައްޔަރުކޮށް، ހުކުމެއް އިއްވާފައި ވަނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހިންގި ތަހުގީގަކަށް ފަހުއެވެ. އެ އަމުރާ ގުޅިގެން އެމަނިކުފާނަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އުފުލިއެވެ. ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު ރައީސް މައުމޫން ހައްޔަރުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރެއެވެ.

އަދުލު އިންސާފަށް ހުރަސްއެޅި ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާ ސާބިތުވުމާ ގުޅިގެން ރައީސް މައުމޫން ގެންދަވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް