ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 17:27
ސަރުކާރުގެ އޮފީސް ކޮމްޕްލެކްސް، ވެލާނާގެ
ސަރުކާރުގެ އޮފީސް ކޮމްޕްލެކްސް، ވެލާނާގެ
މުހައްމަދު ޝަރުހާން
ސިވިލް ސާވިސް ކޮމިޝަން
ސިވިލް ސާވިސްގެ ވަޒީފާތަކަށް އިއުލާނުކުރުން ވަގުތީ ގޮތުން މަޑުޖައްސާލައިފި
ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ސީއެސްސީގެ ހުއްދައާއެކު ވަޒީފާއަށް މީހުން ވެއްދޭނެ

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގަން ފެށުމުގެ ކުރިން ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޯދަން އިއުލާނުކުރުން ވަގުތީ ގޮތުން މަޑުޖައްސާލައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެެއްގައި ބުނެފައި ވަނީ ނޮވެމްބަރު 17 އިން ފެށިގެން ދިވެހި ސަރުކާރު ހިންގުމުގެ ނިޒާމަށް އަތުވެދާނެ ބަދަލުތަކާ ގުޅިގެން ސިވިލް ސާވިސްގެ އިދާރާތަކާއި އެ އިދާރާތަކުގެ މެންޑޭޓަށް އަތުވެދާނެ ބަދަލުތަކަށް ތައްޔާރުވުމުގެ ގޮތުން 1 އޮކްޓޯބަރުން ފެށިގެން ސިވިލް ސާވިސްގެ ވަޒީފާތަކުގެ ތެރެއިން ފަންނީ މަގާމުތައް ފިޔަވައި އެހެން ވަޒީފާތަކަށް އިއުލާނުކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

ނަމަވެސް ސިވިލް ސާވިސްގެ އިދާރާތަކުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ މަގާމުތަކަށް އިއުލާނުކުރުން ކޮމިޝަންގެ ހުއްދައާއެކު ކުރިއަށް ގެންދެވިދާނެ ކަމަށް ވެސް ސިވިލް ސާވިސްގެ ސާކިއުލާގައި ބުނެފައިވެ އެވެ.

އޮކްޓޯބަރު 1 އިން ފެށިގެން އިދާރީ އޮނިގަނޑަށް ބަދަލު ގެނައުމަށް (މަގާމު އުފެއްދުމަށާއި އުވާލުމަށް) ކޮމިޝަނަށް ހުށަހެޅުމާއި ސިވިލް ސާވިސްގެ ފަންނީ މަގާމުތައް ފިޔަވައި އެހެން މަގާމުތަށް އިއުލާނުކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައިވާ ކަމަށް ވެސް ސާކިއުލާގައިވެ އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް