ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 23:18
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ
މުހައްމަދު ޝަރުހާން
ފްލެޓަށް އެދުމުގެ ފުރުސަތު
ފްލެޓަށް އެދުމުގެ ފުރުސަތު އާ ސަރުކާރުން ހުޅުވާލާނެ: މާރިޔާ
ކޯލިޝަން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާގުޅޭ ތަފްސީލީ މައުލޫމާތު ސަރުކާރު އެކުލަވާލުމާއެކު ރައްޔިތުންނަށް ލިބިގެންދާނެ

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށާއި ފެލެޓަށް އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަނެ ކަމަށް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުގައި އާދިއްތަ ދުވަހު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުުގައި މާރިޔާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް މިހާރު ފްލެޓް ދޫކުރުމުގެ މެންޑޭޓެއް ނެތް ކަމަށާއި ރައްޔިތުންނަށް ފްލެޓް ދޭނަމޭ ބުނެ، ވުޖޫދުގައިނުވެސް ނެތް ފްލެޓްތަކެއް ހަވާލުކޮށްފި ކަމަށް ބުނެ ކޮންމެހެން ލިޔުންތަކެއް ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.  

މާރިޔާ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭ ފުރިހަމަ އަދި ތަފްސީލީ މައުލޫމާތު ކޯލިޝަން ސަރުކާރު އެކުލަވާލެވުމާއެކު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާނެ ކަމަށް މާރިއާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކާއި ފްލެޓް އެދި ހުށަހަޅާފައިވާ ފޯމުތަކަށް ވާނެގޮތެއް އަދި ދަންނަވަން ނޭނގޭ ކަމަށާއި، އެކަން އެނގޭނީ އާ ސަރުކާރު އެކުލަވާލުމުން ކަމަށް މާރިއާ ވިދާޅުވި އެވެ. ނަމަވެސް ފްލެޓް ދޫކުރުމުގައި އެންމެ ހައްގުވާ ފަރާތްތަކަށް ފްލެޓް ދީފައިވާނަމަ އެއީ މައްސަލައެއް ނޫންކަމަށާއި އެހެންނަމަވެސް ފްލެޓް ދޫކުރުމުގައި ބޭއިންސާފުން ކޮށްފައިވާ ކަންކަން ބެލުމަކީ ކުރަންޖެހޭ ކަމެއްކަމަށް މާރިއާ ވިދާޅުވި އެވެ. 

ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާ މިދަނޑިވަޅުގައި ރައީސް ޔާމީންގެ ސަރުކާރުން ފްލެޓް ދޫކުރުމާއި މީހުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން މީހުން ވަކިކުރުމާއި މުސާރަ ބޮޑު ކުރުމުގެ ކަންކަން ކުރުމުގެ ފުރުސަތު މިހާރު ނެތް ކަމަށާއި މިހާރު އޮތީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ވެރިކަން ހަވާލު ކުރުމުގެ މަސައްކަތް ކުރުން ކަމަށްވެސް މާރިއާ ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް