ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 16:11
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ސިވިލް ސާވިރސް ކޮމިޝަން
ވެރިކަން ބަދަލުކުރުމުގެ މަރުހަ
ވެރިކަން ބަދަލުކުރުމުގެ މަރުހަލާއާ ގުޅޭ ގޮތުން ސިވިލް ސާވިސްއިން މަޝްވަރާކޮށްފި
ޑިރެކްޓަރ އޮފް ޓްރާންޒިޝަން އައްޔަންކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ވީހާވެސް އޮމާންކަމާ ފުރިހަމަކަމާއެކު ގެންދިއުމުގައި ސިވިލް ސަރވިސް އިދާރާތަކުގެ އެއްބާރުލުން އިތުރުކުރުމާގުޅޭ ގޮތުން ސިވިލް ސާވިސް ކޮމިޝަނުން ޕަރމަނަންޓް ސެކްރެޓްރީންނާ ބައްދަލުވުމުގައި މަޝްވަރާކުރައްވައިފިއެވެ.

ކޮމިޝަނުގެ މެންބަރުންނާއި ކޮމިޝަނުގެ އިސް މުވައްޒަފުން ހިމެނޭ ގޮތުން އާދީއްތަ ދުވަހު ބޭއްވި  ބައްދަލުވުމުގައި، ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނާބެހޭ ޕްރެޒެންޓޭޝަނަކާއެކު މަޢުލޫމާތު ޙިއްޞާކުރެވުނެއެވެ. މި މަރުހަލާގެ ކަންކަން އޮމާންކޮށް ގެންދިއުމުގައި ޕަރމަނަންޓް ސެކްރެޓަރީންގެ އެއްބާރުލުން ބޭނުންވާ ކަންކަމާގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މި ގޮތުން ޑިރެކްޓަރ އޮފް ޓްރާންޒިޝަން އައްޔަންކުރުމާ ގުޅޭ މަޢުލޫމާތާއި އަދި މި މަރުހަލާގައި ކުރަންހުރި މަސައްކަތްތަކުގެ ތަފްޞީލުތައް ކޮމިޝަނުން ޕީއެސްއިންނާ ޙިއްސާކުރެއްވިއެވެ.

މި ބައްދަލުވުން ފައްޓަވައިދެއްވާ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙާއި އިންތިޚާބީ ނައިބު ރައީސް އޮނަރަބުލް ފައިސަލް ނަސީމަށް ސިވިލް ސަރވިސްގެ މުވައްޒަފުންގެ ނަމުގައާއި ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި ހޫނު މަރުޙާބާއެއް ދެންނެވިއެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާ ވީހާވެސް ކާމިޔާބުކަމާއެކު ކުރިޔަށްގެންދިއުމަށް ދިވެހި ސިވިލް ސަރވިސްއާ އަދި ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ، ނިމިދިޔަ ސަރުކާރުން ސިވިލް ސަރވިސްއަށާއި ކޮމިޝަނަށް ދެއްވާފައިވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމާއި ކެބިނެޓްގެ ވަޒީރުންނަށް ސިވިލް ސަރވިސްއާ އަދި ކޮމިޝަނުގެ ފަރާތުން ޝުކުރު ދެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް