ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 13:46
ކަސްޓަމްސްގެ މުވައްޒަފުން
ކަސްޓަމްސްގެ މުވައްޒަފުން
މުހައްމަދު ޝަރުހާން
މޯލްޑިވްސް ކަސްޓަމްސް
ކަސްޓަމްސްގެ މުސާރައިގެ އޮނިގަނޑަށް ބޮޑު ބަދަލެއް!
ސާވިސް އެލަވަންސް އަށް ދުވާލަކު 200 ރުފިޔާ
އާ އެލަވަންސް އެއް ވަނީ ތައާރަފުކޮށްފައި

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ސާވިސް އެލަވަންސް ބޮޑުކޮށް، އަދި އާ އެލަވަންސްއަކާއެކު މުސާރައިގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.

ސާވިސް އެލަވަންސްގެ ގޮތުގައި މިހާރު މަހަކު 3500 ރުފިޔާ ދެމުންދާއިރު، ކަސްޓަމްސްގެ މުވައްޒަފުންގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން ސާވިސް އެލަވަންސް ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 200 ރުފިޔާ ލިބޭނެ އެވެ. މި ބަދަލާއެކު އޮފް ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވަޒިފާއަށް ނުކުންނަ ނަމަ ސާވިސް އެލަވަންސް އަށް މަހަކު 5200 ރުފިޔާ ލިބޭނެ އެވެ.

މީގެ އިތުރުން ޓެކްނިކަލް ކޯ އެލަވަންސްގެ ނަމުގައި އާ އެލެވަންސްއެއް ވެސް ދިނުމަށް ވަނީ ނިންމައިފަ އެވެ. މި އެލެވަންސް ގިންތި ތަކަކަށް ބަހާލާފައިވާއިރު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އަށްވުރެ ދަށް ސަނަދެއް ނުވަތަ ކަސްޓަމްސްގެ ޓްރެއިނިންގއެއް ހާސިލުކޮށްފައިވާނަމަ މަހަކު 500 ރުފިޔާ ލިބޭނެ އެވެ. ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ 750 ރުފިޔާ، ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ މަހަކު 1000 ރުފިޔާ އަދި  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވާނަމަ މަހަކު 1500 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅައިފަ އެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ވިދާޅުވީ މުސާރައިގެ އޮނިގަނޑަށް މި ބަދަލު ގެނައީ، ރިޔާސީ އިންތިޚާބާ ގުޅިގެން ނޫން ކަމަށާއި އެއީ މާކުރިން ފެށިގެން ވެސް ނިންމާފައިވާ ކަމެއް ކަމަށެވެ.

ގަވާއިދަށް މި ބަދަލުތައް ގެނެސް ގެޒެޓްކޮށްފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
30 ސެޕްޓެންބަރ 2018 | އާދީއްތަ 11:01
ކަސްޓަމުންސް
ކަސްޓަމުންސް އަކީ ރިސްވަތާ ކޮރަޕްޝަންގެ ހައްދުފަހަނައަޅާފަވާ މުއަށްސަސާއެއް