ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 21:21
ހއ. އުތީމު
ހއ. އުތީމު
ގޫގުލް
ހއ. އުތީމު
އުތީމުގެ ނަރުދަމާގެ މަސައްކަތުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެ
އެހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 10:30 ހާއިރު

ހއ އުތީމުގެ ނަރުދަމާ އެޅުމުގެ މަސައްކަތުގައި އުޅުނު ބިދޭސީއަކު ވަޅުގަނޑެއްގެ ތެރެއަށް ވެއްޓި ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ބިދޭސީއެއް ކަމަށާއި އެމީހާ މަރުވީ ނަރުދަމާ އެޅުމަށް ކޮނެފައިވާ ވަޅުގަނޑެއްގެ ގުންޑޮޅި ވެއްޓި ލިބުނު އަނިޔާތަކާއި ގުޅިގެން ކަމަށެވެ.

އެހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 10:30 ހާއިރުއެވެ. ފުރަތަމަ އެމީހާއަށް ފަރުވާދީފައި ވަނީ އުތީމު ސިއްހީ މަރުކަޒުގައެވެ. އެހެން ނަމަވެސް މަރުވީ އިތުރު ފަރުވާއަށް ދިއްދޫގައި ހުންނަ ހއ އަތޮޅު ހޮސްޕިޓަލަށްގެންގޮސް ފަރުވާދެމުން ދަނިކޮންނެވެ. 

މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އުތީމު ކައުންސިލަށް ގުޅުމުން ފޯނު ނުނަގާތީ ވަނީ މަޢުލޫމާތު ލިބޭގޮތް ނުވެފައެވެ. އުތީމުގެ ނަރުދަމާގެ ނިޒާމަކީ ދައުލަތުގެ ބަޖެޓުން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން  ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ނަރުދަމާގެ މަޝްރޫގެ މަސައްކަތްކުރަމުން ގެންދަނީ ސަސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް