ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 13:04
ޑޮލަރުތަކެއް
ޑޮލަރުތަކެއް
މުހައްމަދު ޝަރުހާން
ކަސްޓަމްސް ސާވިސް
ރާއްޖެ އެތެރެކުރި ހަތަރު މިލިއަން ޑޮލަރެއް ނުގެއްލޭ!
މިއީ ބީއެމްއެލްގެ ބޭނުމަށް އެތެރެކުރި ފައިސާ

ބޭންކު އޮފް މޯޑިވްސްގެ ބޭނުމަށް އިންޑިއާގެ ތޯމަސްކުކުން ރާއްޖެ އެތެރެކުރި ހަތަރު މިލިއަން ޑޮލަރު ގެއްލިފައިވާ ކަމަށް އަޑުފެތުރެމުން ދިޔަ ނަމަވެސް އެ ފައިސާ ނުގެއްލޭ ކަމަށް، ކަސްޓަމްސްއިން ބުނެފި އެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ވިދާޅުވި ގޮތުގައި އެ ފައިސާ ހިފެހެއްޓީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރަށް ބޯޑަރ ކޮންޓްރޯލް އިތުރަށް ވަރުގަދަކޮށްފައި ވަނިކޮށް ގިނަ އަދަދެއްގެ ފައިސާ އެތެރެކުރުމުން ކަމަށެވެ.

"އިންޑިއާގެ ދެ މީހަކު ހަތަރު މިލިއަން ޑޮލަރު ކަމަށް ބުނެ ދެ ދަބަހެއްގައި އެ ފައިސާ އެތެރެކުރީ. ފުރަތަމަ އަޅުގަނޑުމެންނަށް ނޭނގޭ އެއީ ކޮން ފައިސާއެއް ކަމެއް. ފަހުން އެ މީހުން ދެއްކި ޑިކްލަރޭޝަން ފޯމް ވެސް، ނަމަވެސް އިންތިޚާބުގެ ދުވަސްވަރު ވުމާއެކު އިތުރަށް ބަލަންޖެހޭ ކަންކަމަށް އެ ފައިސާ ހިފެހެއްޓީ،" ޖުނައިދު ވިދާޅުވި އެވެ.

ކަސްޓަމްސްއިން ކަންކަން ބެލުމަށް ފަހު އެ ފައިސާ ދޫކޮށްފައިވާ ކަމަށާއި މިހާރު އެ ފައިސާ ހުރީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށް ޖުނައިދު ވިދާޅުވި އެވެ.

"އެ މީހުން [ތޯމަސްކުކް] އިން އައިސް ހަވާލުވުމުގެ މަސައްކަތް ކުރިއަށް ދާކަމުގެ މައުލޫމާތު ލިބޭ. އެ ފައިސާގައި އެއްވެސް މައްސަލައެއް ނެތް،" ޖުނައިދު ވިދާޅުވި އެވެ.

ބޭންކު އޮފް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި އެ ބޭންކުގެ ކަސްޓަމަރުންނަށް ބޭނުންވާ ޑޮލަރު ނަގުތު ފައިސާއިން ރާއްޖެއިން ބޭރުން އެތެރެކުރަނީ އިންޓަނޭޝަނަލް ސަޕްލަޔަރެއް މެދުވެރިކޮށް ކަމަށާއި އެންމެ ފަހުން ރާއްޖެ އެތެރެކުރި ޑޮލަރު ކަސްޓަމްސްއިން ކްލިއަރ ކުރުމުގެ މަސައްކަތް ސަޕްލަޔަރު ދަނީ ކުރަމުން ކަމަށެވެ.

އެ ޑޮލަރު ޝިޕްމެންޓް ހިފެހެއްޓި ނަމަވެސް، އޭޓީއެމް އަދި ބްރާންޗްތަކުން މެދުނުކެނޑި ކަސްޓަމަރުންނަށް ޑޮލަރުގެ ލިބެމުންދާނެ ކަމަށް ވެސް ބޭންކު އޮފް މޯލްޑިވްސްއިން ބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
30 ސެޕްޓެންބަރ 2018 | އާދީއްތަ 08:48
މުހަންމާ
ތީ ރަގަޅު ވާހަކައެއްތަ؟ ތި ގެންނަ ޑޮލަރުގެ ބަދަލުގަ އެ މީހުނަށް ދެނީ ކޯއްޗެއް؟ ޝައްކުތަކެއް އެބައުޅޭ.
30 ސެޕްޓެންބަރ 2018 | އާދީއްތަ 08:08
Aaa
Good job