ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 21:54
އޭސީޕީ މަންނާނު
އޭސީޕީ މަންނާނު
މުހައްމަދު ޝަރުހާން
މޯލްޑިވްސް ޕޮލިސް ސަރވިސް
މަންނާނު އަލުން ވަޒީފާއަށް ނުކުތުމުގެ ހުއްދަ ދީފި
ވަޒީފާއަށް ނުކުންނަނީ މިދިޔަ ހަފްތާއިން ފެށިގެން

ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމާފައި ހުރި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުލް މަންނާން ޔޫސުފް އަލުން ފުލުހުންގެ ވަޒީފާ އަށް ނުކުތުމުގެ ހުއްދަދީފިއެވެ.

ޑިސިޕްލިނަރީ މައްސަލައެއް ބެލުމަށް ފަހު، ވަޒީފާގެ މައްސޫލިއްޔަތުން އެކަހެރިކޮށްފައި ބެހެއްޓުމަށްފަހު މަންނާނަށް ވަޒީފާއަށް ނުކުތުމުގެ ހުއްދަދިނީ މިދިޔަ ހަފުތާގައެވެ.

މަންނާން އާއި މެދު ފިޔަވަޅު އެޅީ ސިއްރު މައުލޫމާތުތަކެއް ހިއްސާ ކުރަން ނުޖެހޭ މީހަކާ ހިއްސާކުރި މައްސަލައިގަ އެވެ.

މަންނާނު ވަޒީފާ އިން ވަކިކުރަން ނިންމި މައްސަލަ ފުލުހުންގެ އެޕީލް ބޯޑަށް މަންނާނުގެ ފަރާތުން ހުށަހެޅުމުން އެ ބޯޑުން ނިންމީ ޑިސިޕްލިނަރީ ބޯޑުގެ ނިންމުން އަލުން މުރާޖައާ ކުރުމަށެވެ.

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި އަހުމަދު އަރީފާއި ގާތް ގުޅުމެއް އޮންނަ މަންނާނު އަލުން ވަޒީފާއަށް ނުކުތުމުގެ ހުއްދަ ދީފައި މި ވަނީ ރިޔާސީ އިންތިހާބު ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބުކުރައްވާފައި ވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
30 ސެޕްޓެންބަރ 2018 | އާދީއްތަ 09:17
ހެޔޮވެރިކަން
ހެޔޮވާނީ ކިހިނެތް. ފުލުހުންގެ ފްލެޓްތައް ނިމިފައި ނުވަނީ ތިމަންނާނު އެކަމުގައި އިސްކޮށް ހުރެ ކަރަޕްޝަނުން ލާރިތައް ކާލާފައިވާތީ. މާދަން ވީ އާސަރުކާރުގެ ކޮމިޝަނަރަކަށް ހަދާފައި އޭނަ ހިންގި ޖަރީމާތައް ފޮރުވަންތޯ ؟ މީ ޖަވާބް ދާރީ ކުރެވެންޖެހޭ ކަންތައްތައް. މިކަންތައް ބެލެންޖެހޭ.