ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 10:47
އޯޑިއޯން އާއި ނާދީ ހުރި ބިމުގައި ފެލެޓް އެޅުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބިނގާ އަޅަނީ
އޯޑިއޯން އާއި ނާދީ ހުރި ބިމުގައި ފެލެޓް އެޅުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބިނގާ އަޅަނީ
މުހައްމަދު ޝަރުހާން
ޓާޓާ ފްލެޓް
250 މިލިއަން ޑޮލަރުން ގެއްލުމަކުން ސަލާމަތްވުމަށް ޓާޓާއާއެކު އަލުން އެއްބަސްވުން ހަަދައިފި
ތައިސޭ ކޮށިން ބޮޑު ބިމެއް ޓާޓާ އަށް ވަނީ ދީފައި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފްލެޓު އެޅުމަށް އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލުކުރުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ދޭންޖެހިދާނެ ކަމުގެ ބިރު އޮތުމާއެކު އަލުން އެއްބަސްވުން ހަދައިފި އެވެ.

މަޖީދީ މަގު އޯޑިއޯން އާއި ސޯސަން މަގުގައި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓު އެޅުމަށް ޓާޓާ ކުންފުންޏާއެކު ރައީސް ނަޝީދުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލުކުރި މިދިޔަ އަހަރުގެ އޭޕްރީލް އެވެ. 

ޓާޓާގެ ފްލެޓްތައް އެޅުމަށް ބިން ސާފުކޮށް ފެންސް ޖަހާފައި

ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު އޭރު ވިދާޅުވި ގޮތުގައި އެއްބަސްވިން ބާތިލުކުރީ އޯޑިއޯން އާއި ނާދީ ހުރި ބިމުގައި 127 ލަގްޒަރީ ފްލެޓް އެޅުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތް ފެށުމަށް ދިން ނޯޓިސްގެ މުއްދަތުގައި މަސައްކަތް ނުފެށުމުންނެވެ. އެއްބަސްވުން ބާތިލުކުރިއިރު، އެ ދެ ބިމުގައި ފްލެޓު އެޅުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބިންގާ ވެސް އަޅާފައިވެ އެވެ.  އޯޑިއޯން ހުރި ބިމުގައި 45 ފެލެޓް އެޅުމަށް އޭރު ނިންމާފައިވާއިރު، ނާދީހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވަނީ 75 ފްލެޓެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ޓާޓާގެ އެއްބަސްވުން އަލުން އެކުލަވާލީ ގެއްލުމުގެ ބަދަލު ހޯދުމަށް އެ ކުންފުނިން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައި، އެ މައްސަލަ ދިވެހި ދައުލަތަށް ކާމިޔާބު ނުވާނެކަން އެނގުމުންނެވެ. މި އާބިޓްރޭޝަން ކުރިއަށް ގެންދިޔައީ އިންޑިއާގަ އެވެ.

އެއްބަސްވުން އަލުން އެކުލަވާލާފައިވާއިރު، އޯޑިއޯން ހުރި ބިމުގެ ބަދަލުގައި އެއަށް ވުރެ ބޮޑު ބިމެއް ތައިސޭ ކޮށިން ޓާޓާއަށް މިހާރު ވަނީ ދީފަ އެވެ. އަދި ކުރީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ނާދީ ހުރި ބިމާއި، ރިސޯޓް ހެދުމަށް ރަށެއް ދިނުން ވެސް މިފަހަރުގެ އެއްބަސްވުމުގައި ވެސް ހިމެނެ އެވެ.

ގާކޮށްޓާއި ކުރިން އަރަބިއްޔާ ހުރި ބިމުގައި ފްލެޓްތައް ހަދާފައި ވަނީ ވެސް ޓާޓާއިންނެވެ. 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
30 ސެޕްޓެންބަރ 2018 | އާދީއްތަ 06:32
ދިވެހި ރައްޔިތު
ކޮންފަދަ ނުލަފާ އެއްބަސްވުން ތަކެއްތޯމީ؟ ރައީސް ނަޝީދު ކުރެއްވިޔަސް ގޯސްކަމެއް ވާނީ ގޯސް. ޓާޓާ ބޭރުކުރޭ! އާއްމު މީހަކަށް ފްލެޓް ގަންޑެއްވެސް ލިބުނީކީ ނޫނޭ. ރަނައްވުރެ އަގުބޮޑު ބިންދީފަ ރިސޯޓު ހަދަން ރަށްދީފަ އޭގެން ފްލެޓެއް ގަންނަން މިލިޔަނުން ރައްޔިތުން ހަރަދު ކުރަން ޖެހުނީމަ އެއީ އަހަރެމެންގެ ފައިދާއައް ވެވިފަ އޮތް އެއްބަސްވުމެއް ނޫންކަން އެނގޭ
30 ސެޕްޓެންބަރ 2018 | އާދީއްތަ 06:12
ޑޯނޯދީ
މާލޭގަ ދެން އިތުރަށް ފުލެޓް ނާޅާ. ފުރިގެން ބަންޑުން ވަނީ
30 ސެޕްޓެންބަރ 2018 | އާދީއްތަ 04:28
މޮޔަ111
އިންޑިއާ މީހުންގެ ނުލަފާކަންބަލާ.. ޖަހާފަހުރި މަޅިތައް ނިކަންބަލާ ރެކެވޭނެ އެއްގޮތެއްވެސް ނެތް. ހުރިހާ މޮޅެއްވެސް އެމީހުންނަށް.