ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 21:51
ތިނަދޫގެ އިސްލާމީ މަރުކަޒަށް ފެން ފައިބާތީ، ބާލިދީ ބަހައްޓާފައި
ތިނަދޫގެ އިސްލާމީ މަރުކަޒަށް ފެން ފައިބާތީ، ބާލިދީ ބަހައްޓާފައި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ތިނަދޫގެ އިސްލާމީ މަރުކަޒުގެ އެތެރެއަށް ފެން ފައިބާތީ ބާލިދީ ބަހައްޓަން ޖެހިއްޖެ
އެތަން ހުޅުވިތާ މަސް ދުވަސް އަދި ނުވޭ
އެތަން ހަދަން 34.4 މިލިއަން ހަރަދުވި
ސައުދީ ރަސްގެފާނުގެ ހިލޭ އެހީ ދެއްވި

ތިނަދޫގެ އިސްލާމީ މަރުކަޒު ހުޅުވިތާ މަސް ދުވަސް ނުވަނީސް، އެތަނުގެ ފުރާޅުން ފެން ލީކުވުމުގެ މައްސަލަ ބޮޑުވެއްޖެއެވެ.

މި މަހުގެ 17 ވަނަ ދުވަހު ނަމާދު ކުރަން ފެށި ތިނަދޫ އިސްލާމީ މަރުކަޒުގެ ފުރާޅުގެ އެކި ދިމަދިމާއިން ފެން ފައިބާ މައްސަލަ ބޮޑުވެ، މިސްކިތުގެ ނަމާދު ކުރާ ބައިގައި ބާލިދީ ވަނީ ބަހައްޓާފައެވެ. މިސްކިތުގެ ގުއްބާ ދިމާލުން ފެން ފައިބާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މިސްކިތުގެ އުތުރު ފަރާތު ފުރާޅުން ފެން ލީކުވެ، މިސްކިތުގެ ތެރޭގައި ފެންބޮޑުވެ އެވެ. 

މާލެ ފިޔަވައި، ރާއްޖޭގެ ރަށެއްގައި ބިނާ ކުރި ފުރަތަމަ އިސްލާމީ މަރުކަޒު ތިނަދޫގައި އިމާރާތްކޮށްފައި ވަނީ 34.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެންނެވެ. ދެ ބުރިއަށް އިމާރާތްކޮށްފައިވާ އެ މިސްކިތަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒާއި ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އިމާރާތްކޮށްފައިވާ ތަނެކެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާ އެފަދަ މަޝްރޫއުތަކާ އެކު، އިމާރާތްކުރާ ތަންތަން އަވަހަށް ހަލާކުވުމާއި އިރުއިރުކޮޅާ މަރާމާތު ކުރަން ޖެހުމަކީ އާންމު ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
30 ސެޕްޓެންބަރ 2018 | އާދީއްތަ 19:04
މިނިސްޓްރީ
48 މިލިއަން ހަރަދު ކުރި
30 ސެޕްޓެންބަރ 2018 | އާދީއްތަ 05:04
ދޮންވެލި
ދެން ނޯންނާނެ ރަގަޅު އެއްކަމެއްވެސް
30 ސެޕްޓެންބަރ 2018 | އާދީއްތަ 03:32
ޔަސް
ފޭކް ނުޖައްސާ އަހަރެން ވެސް މި ތިނަދޫ މީހެއް