ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 07:12
ޑރ އިޔާޒް: ރައީސް ޔާމީން ކުރައްވާ ކަންކަމަށް ފާޑު ވިދާޅުވޭ
ޑރ އިޔާޒް: ރައީސް ޔާމީން ކުރައްވާ ކަންކަމަށް ފާޑު ވިދާޅުވޭ
ފޭސްބުކް
ޑރ އިޔާޒް
ގަޓް ހުރިނަމަ ރައީސް ޔާމިން މައާފަށް އެދިވަޑައިގަންނަވާނެ:ޑރ އިޔާޒް
ވެރިކަމުން ފައިބާ ވަޑައިގަތުމުގެ ކުރިން އެކަން ކުރެއްވުން ވަރަށް މުހިއްމު

ރައީސް ޢަބްދުﷲ ޔާމީނަކީ ގަޓް ހުރި ބޭފުޅެއްނަމަ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ވަރަށް ގިނަ ބަޔަކަށް ވަނީ ބޮޑެތި އަނިޔާތަކާއި ގެއްލުންތައް ލިބިފައި ކަމަށެވެ. ވީމާ ވެރިކަމުން ފައިބާ ވަޑައިގެންނެވުމުގެ ކުރިން ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަތުން ވަރަށް ރަނގަޅު ކަމަކަށް ވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމިންއަށް އިޝާރާތް ކުރައްވާ ޑރ އިޔާޒް ވިދާޅުވީ ގަޓް ހުރިނަމަ އެކަން (މާފަށް އެދުން) ކޮށްދެއްވުން އެދޭ ކަމަށެވެ.

ޢަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޑރ އިޔާޒަކީ ރައީސް ޔާމީނަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވި އިލްމުވެރިއެކެވެ. އަދި ޑރ އިޔާޒަކީ ރައީސް ޔާމީން ކުރައްވާ ކަންކަމަށް ދީނީގޮތުން ފާޑު ވިދާޅުވާ ދީނީ އިލްމުވެރިއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް