ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 07:10
ފާރިސް މައުމޫން: އިސްތިއުނާފްގެ މައްސަލަިގެ އަޑުއެހުމެއް އާދީއްތަ ދުވަހު
ފާރިސް މައުމޫން: އިސްތިއުނާފްގެ މައްސަލަިގެ އަޑުއެހުމެއް އާދީއްތަ ދުވަހު
މުހައްމަދު ޝަރުހާން
ފާރިސް މައުމޫން
ފާރިސްގެ އިސްތިއުނާފު މައްސަލަ އާދީއްތަ ދުވަހު
މައްސަލަ އަޮތީ އާދީއްތަ ދުވަހު ހެނދުނު 10:00 ގައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯދުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުންކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ ހަތަރު މަހާ 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ހުށައެޅި މައްސަލައިގެ އަޑުއެހުމެއް އާދީއްތަ ދުވަހަށް ތާވަލްކޮށްފިއެވެ.

މިއަހަރުގެ ޖުލައިމަހު އިސްތިއުނާފް ކުރުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ތާވަލް ކޮށްފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 10 ޖަހާއިރަށެވެ.

ފާރިސްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީއެވެ. އެ މައްސަލަ އިސްތިއުނާފު ކޮށްފައިވާއިރު،  މައިގަނޑު 27 ކަމެއް ފާހަގަކޮށްފައިވެ އެވެ. 

ފާރިސްގެ މައްޗަށް އިއްވި ހުކުމުގައި ވަނީ ޕީޕީއެމް އިން ފާރިސް ވަކިކޮށްފައި ވަނިކޮށް އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމިނާއި އެ ޕާޓީގެ ކައުންސިލް މެމްބަރުންގެ ހުއްދަ ނެތި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުން ކޮށްފައިވާކަން އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މި މައްސަލަ ފާރިސްގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން  ސިއްރު ތިން ހެކިވެރިޔަކާއި، ފާރިސް ޕާޓީން ވަކިކުރިކަން ސާބިތު ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ސިޓީއެއްގެ އިތުރުން ފާރިސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރި ކަމަށް ބުނާ ނޫސްވެރިންގެ ބައްދަލުވުމުގެ ރެކޯޑިންގއެއް ހުށަހަޅާފައިވެއެވެ. އަދި ފާރިސް މި ދައުވާއިން ދިފާއުވުމަށް 47 މީހަކު ހެކީގެ ގޮތުގައި ހުށަހެޅިއިރު 27 ކިތާބީ ހެއްކެއް ހުށަހެޅިއެވެ. ނަމަވެސް ހެކިބަސް ނެގީ ހަ މީހެއްގެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް