ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 12:12
އެމްޑީޕީގެ ޗެއާޕަސަންގެ ނައިބު އިދާރީ އަލީ ނިޔާޒް
އެމްޑީޕީގެ ޗެއާޕަސަންގެ ނައިބު އިދާރީ އަލީ ނިޔާޒް
އަޒުމޫން އަހުމަދު
ރާއްޖެޓީވީގެ ފަލަ ސުރުހީ
އިންތިޚާބުގެ ފަހުން ދައްކަވަން ބުނި ސޫރަ ދެން ނުދެއްކޭނެ: ނިޔާ
ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އޭރު ރައީސް ޔާމީން ކުރައްވަމުން ގެންދެވި އެތައް ކަމެއް މިހާރު ދެން ނުކުރެއްވޭނެ

ރައީސް އަބުދުﷲ ޔާމީން އިންތިޚާބުގެ ފަހުން ދައްކަވަން ވިދާޅުވި ސޫރަ ދެން ނުދެއްކެވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕަސަންގެ ނައިބު އިދާރީ އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ގައި ވާހަކަފުޅު ދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޔާމީން ކުރައްވަމުން ގެންދެވި އެތައް ކަމެއް މިހާރު ނުކުރެއްވޭނެ ކަމަށެވެ. ސަބަބަކީ ރައީސްއަށް ވީތީ ސަލާމަތީ ބާރުތަކުންނާއި މުއައްސަސާތަކުން އޭރު އެއްބާރުލުން ދެއްވި ވަރަށް ގިނަ ކަންކަން ހުރި ކަމަށާއި، އެކަމަކު މިހާރު ރައީސް ޔަމީނަށް އެމަގުތައް ތަނަވަސް ވެފައި ނެތްކަމަށް ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވި ގޮތުގައި އިލެކްޝަންސް އިން ދާއިމީ ނަތީޖާ އިއުލާނު ކުރެއްވުމާއި އެކު ސަލާމަތީ ބާރުތަކުން ވެސް އެ ނަތީޖާ ގަބޫލުކޮށް ވަނީ އެންޑޯސްކޮށްފައެވެ. ދެން އެއްވެސް ގޯސްކަމެއް ރޭވުމުގެ ބާރު ރައީސް ޔާމީންނަށް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން ތިމަންނާ ބަލައިނުގަތީ ކީއްވެކަން އެމަނިކުފާނަށް އެނގިވަޑައި ނުގަތަސް ހަގީގަތަކީ ވައްކަމާއި ބޭއިންސާފާއި، އަނިޔާވެރިކަމާއި ކޮރަޕްޝަންކަމަށް ނިޔާޒު ވިދާޅުވިއެވެ. ނިޔާޒު ވިދާޅުވީ އިދިކޮޅު ކޯލިޝަނަށް ރައްޔިތުން އާއެކޭ ބުނީ އިންސާފު ބޭނުންވާތީކަމަށެވެ. އަދި ވައްކަމާއި ކޮަރަޕްޝަން މި ގައުމުން ފުހެލުމަށެވެ. ނިޔާ ވިދާޅުވީ އެބޭފުޅުންގެ ކެމްޕެއިނުގައި ރައްޔިތުންނަށް ވީ ވައުދަކީ ވެސް އެއީކަމަށެވެ.

އެހެން ނަމަވެސް ރައީސް ޔަމީން ރަށްރަށަށް އަރައިވަޑައިގެން ރައްޔިތުންނާއި ހަމައަށް ވަޑައި ނުގަންނަވައި މަޝްރޫއުތައް ވެސް އިފްތިތާހު ކޮށްދެއްވަނީ، ސްވިޗަކަށް އޮއްބަވާ ލައްވައިގެެން ކަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި ޚުދުމުޚްތާރުކަމާއި ބޮޑާކަމާއި އެކު ރައްޔިތުންގެ ގާތަށް ނުދެވޭ ވެރިއަކަށް ވީތީ ރައްޔިތުން ރައީސް ޔާމީންނަށް ނޫނެކޭ ބުނަން ޖެހުނީކަމަށް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް