ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 11:56
އިބޫ މިއަދު އެމްޑީޕީގެ ހަރުގެއަށް ވަޑައިގަތުމުން އެމަނިކުފާނާ އެކު ބައެއް މީހުން ފޮޓޯ ނަގަނީ؛-ފޮޓޯ ރާއްޖެއެމްވީ
އިބޫ މިއަދު އެމްޑީޕީގެ ހަރުގެއަށް ވަޑައިގަތުމުން އެމަނިކުފާނާ އެކު ބައެއް މީހުން ފޮޓޯ ނަގަނީ؛-ފޮޓޯ ރާއްޖެއެމްވީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އިބޫ މޮޅުވުމާއެކު ބައެއް މީހުންގެ އިހްސާސްތައް ބަންޑުކޮށްލައިފި
އެންމެ ބޮޑު މަރުހަބާއަކާ ޝުކުރެއް ރައްދު ވަނީ އާންމު ރައްޔިތުނަށް: މަހްލޫފު

ނިމިގެންދިޔަ ރިޔާސީ އިންތިހާބު އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާފައިވާތީ އާންމުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އިހްސާސްތައް ބަންޑުކޮން ކޮށްލައިފި އެވެ.  

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިބޫ އިންތިހާބުވެއްޖެ ކަން އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާއާއެކު އިއުލާން ކުރުމުން ހޮނިހިރު ދުވަހުގެ ހަވީރު އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ބޭއްވި އުފާފާޅުކުރުމުގެ އެއްވުގައި އާންމުން ވަނީ އިބޫއަށް މަރުހަބާ ދެންނެވުމުގެ ޝުއޫރުތައް ހާމަކޮށްފަ އެވެ.  

މި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވީ ހަގީގީ މަރުހަބާ ރައްދު ކުރަން ބޭނުންވަނީ ރައްޔިތުންނަށް ކަމަށެވެ. އަދި ވިދާޅުވީ މޮޅު ލިބުނީ ދިވެހި ރައްޔިތުނަށް ކަމަށެވެ.

"ރައްޔިތުނަށް ލިބިގެންދިޔަ ނަސްރެއް މިއީ. ތިޔަ ބޭފުޅުން ކުރެއްވި މަސައްކަތުގެ ނަތީޖާއަކީ އިބްރާހިމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމަށް މި އިންތިހާބު ކާމިޔާބު ވެގެން ދިއުން. އެހެން ކަމުން ދިވެހި ރައްޔިތުންނަށް އައްސަރިބަހާއި ސާބަސް. ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ގިނަ ދުވަސްތަކަކަށް ފަހު އެއްވުމުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވި އެވެ.  

ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ނޫން ކަމަށް ފާހަގަ ކުރައްވައި މަހްލޫފު ވިދާޅުވީ އަދިވެސް ރައީސް އަބްދުﷲ ޔާމީން ކަމެއް ކުރެއްވުމަށް ވިސްނަވާފާނެ ކަމަށެވެ. ނަމަވެސް ދެން ނަތީޖާއަކަށް ބަދަލެއް ނާންނާނެ ކަމަށާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުނު ނަމަ 20 ޕަސެންޓް ވެސް ނުލިބޭނެ ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ.

އުފާ ފާޅުކުރުމަށް ބޭއްވި އެއްްވުމުގައި މިއަދު މަހްލޫފު ވާހަކަ ދައްކަވަނީ:-ފޮޓޯ ރާއްޖެއެމްވީ

މި އެއްވުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ މިއަދު ކުރެވެނީ މިނިވަން ކަމުގެ އިހްސާސް ކަމަށެވެ. އޭނާ ވަނީ އިންތިހާބުން މޮޅުވުމަށް ފަހު ވެސް ޑިމޮކްރަސީ ދެމެހެއްޓުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ. އަދި އިންސާފުގެ މަގަށް ރާއްޖެ ގެންދިއުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނީ އަބަދު ވެސް އިންސާފު އިސްކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  

މި ޙަރަކާތުގައި ބައެއް ފަރާތްތަކުން އިބޫއަށް މަރުހަބާގެ މެސެޖް ރައްދު ކުރީ ޅެންބަހުންނެވެ. އަދި އަނެއް ބަޔަކު އޭނާގެ އާއިލާގެ ފަރާތުންނާއި ތަމްސީލްކުރާ ދާއިރާތަކުގެ ރައްޔިތުންގެ ނަމުގައި ތަހްނިޔާގެ މެސެޖް ރައްދުކުރި އެވެ.  

އުފާފާޅުކުރުމަށް ބޭއްވި މި އެއްވުމަށް އިންތިހާބީ ރައީސް އިބޫ އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ވަޑައިގެން އާންމު މެމްބަރުންނާއި ބައްދަލު ކުރައްވައި ސަލާމް ކުރެއްވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
29 ސެޕްޓެންބަރ 2018 | ހޮނިހިރު 14:48
ޢިއްބެ
މަހްލޫފް ބްރޯ އަދި އުފާފާޅުކުރަން ގާތްވެސް ނުވޭ. ޕާޓީއެއްގޮތަށް އެމްޑީޕީއަށް ލިބުނީ 50،000 އެއްހާވޯޓު. ދެން ލިބުނީ މައުމޫނާ، ސިޔާމާއި، އަދާލަތާއި، ޖޭޕީއަދި ހާޑިންގހަމްވެސް ގޮވައިގެން ލިބުނު އެއްޗެއް. ޔާމީނު ހޯދި 96،000 އަށްވުރެ ގިނަ ވޯޓު އެކަނި. ވީމާ ތިބުނާ ކާމިޔާބުތިއޮތީ ވަރަށް ނާޒުކު ހާލަތެއްގައި. .