ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 12:27
ސިފައިންގެ ހަރަކާތެއްގެ ތެރެއިން
ސިފައިންގެ ހަރަކާތެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރަސްމީ ނަތީޖާއާއެކު ސަލާމަތީ ހިދުމަތްތަކުގެ މަރުހަބާ އިބޫ އާއި ފައިސަލަށް
ހަމަޖެހުމަށް އިސްކަން ދިނުމަށް އިލްތިމާސްކޮށްފައިވޭ

ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމަށް ސަލާމަތީ ހިދުމަތްތަކުން މަރުހަބާ ކިޔައިފިއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ނެރުނު ސްޓޭޓްމަންޓް، އިސްކަންދަރު ބިލްޑިންގައި އިއްވަމުން ފުލުހުންގެ ސްޕޯކްސްޕަރސަން އަހުމަދު ޝިފާން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ ހޮނިހިރު ދުވަހު އިއުލާންކޮށްފައިވާ ކަމަށާއި ރަސްމީ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވި އިބޫ އާއި ފައިސަލަށް ފުލުހުންނާއި ސިފައިންގެ ނަމުގައި މަރުހަބާ ކިޔާ ކަމަށެވެ. ވެރިކަން ހަވާލު ކުރުމުގެ މަރުހަލާގައި ހަމަޖެހުމާއި މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށް ޝިފާން ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންގެ ނިންމުން ބަލައިގަނެ، އެ ނިންމުމަށް އިހްތިރާމްކޮށް، އެ ނިންމުން ގާއިމު ކުރުމަށްޓަކާ ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކުރިއަށް ގެންދާނަން. ރައްޔިތުންނަށް އިލްތިމާސްކޮށްދޭން ބޭނުން، މި ޓްރާންސްޒިޝަނަލް ޕީރިއަޑްގައި ދިމާވާ އެކިއެކި ކަންކަން ހަމަޖެހުމާއި މަސްލަހަތު އިސްކޮށް، ދިވެހިރާއްޖެއަކީ އަބަދުވެސް އަމާން އޮމާން ސިފައިގައި ގައުމަކަށް ވީތީ، މި ހިނގާ ކަންކަމަކީ ވެސް ވަރަށް ސުމޫތުކޮށް ދިއުމަށް ދޭންޖެހޭ އެއްބާރުލުން ދިމުމަށް އެދެން،" ފުލުހުންގެ ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު އިބޫ ކާމިޔާބު ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 38,653 ވޯޓުގެ ތަފާތުންނެވެ. އެގޮތުން އިބޫ ވަނީ 134،705 ވޯޓު ހޯއްދަވާފައެވެ. ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ 96052 ވޯޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
29 ސެޕްޓެންބަރ 2018 | ހޮނިހިރު 13:03
މުއްސަސާއެއް
ދެފުށްކެހެރި ޤާނޫނުން ބޭރުވެފައިއޮތް މުއްސަސާއެއް