ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 11:38
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އިންތިހާބަށް ފަހު އީސީގެ މެންބަރުނަށް ގިނަ އަދަދަކަށް މަރުގެ އިންޒާރު ލިބުނު: ޝަރީފު
ކޮމިޝަނުގެ މެންބަރުންނާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދައްކާ ނަމަ މައްސަލަ ހުށަހަޅާނަން
އިންތިހާބުގެ ކަންކަމުގައި އެއްވެސް ފަރާތަކުން ކޮމިޝަނުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅާފައެއް ނުވޭ

ރިޔާސީ އިންތިހާބަށް ފަހު އީސީގެ މެންބަރުންނަށް ގިނަ އަދަދަކަށް މަރުގެ އިންޒާރުތައް ލިބެމުންދިޔަ ކަމަށް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ،

ވަގުތީ ނަތީޖާ އިއުލާނު ކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަރީފު ވިދާޅުވީ، އުންމީދު ކުރަމުންދިޔަ ގޮތަށް އިންތިހާބުގެ ނަތީޖާ ނު ނިކުތުމާ އެކު އޭގެ އަސްލު ސަބަބުތައް ހޯދުމެއް ނެތި އިންތިހާބު އިންތިޒާމު ކުރި ފަރާތްތަކުގެ ބޮލުގައި ބަދުނާމު އެޅުވުމަށް މަސައްކަތްތަކެއް ކޮށްފާނެ ކަމަށް ވެސް ތައްޔާރުވެގެން ތިބި ކަމަށެވެ.

"މަރުގެ އިންޒާރު ނުވަތަ އެ ނޫން ވެސް ގޮތަކަށް އިންޒާރު ދިން ކަމުގައި ވީ ނަމަވެސް އެފަދަ އެއްވެސް ކަމެއް މިހާ ހިސާބަށް އައި އިރު ކުރިމަތިވެފައެއް ނުވޭ،" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އިންތިހާބުގެ ކުރިން ވެސް ކޮމިޝަނުގެ މެންބަރުންނަށް ތަފާތު ތުހުމަތުތައް ކުރެވުނު ކަމަށާއި އެގޮތުން ވަކި ބައެއްގެ ނުފޫޒާ އެކު މަސައްކަތްތައް ކުރަމުންދާ ކަމަށް ތުހުމަތުތައް ކުރެވުނު ކަމަށެވެ. އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިޔައީ ކޮމިޝަނުގެ މެންބަރުން ނާޖައިޒް ފައިސާ ހޯދައިގެން ކަމަށް މިހާރު އަނެއްކާ ވެސް އެހެން ބަޔަކު ބުނަމުންދާ ކަމުގެ ވާހަކަތައް ފަތުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. 

"އިންތިހާބުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ވެސް އަދި އެއްވެސް ފަރާތަކަށް ވަކި ގޮތަކަށް ކަންތައްތައް ކުރުމަށް ވެސް އަދި އެއްވެސް ފަރާތަކުން އަޅުގަނޑުމެންނަށް ފައިސާ ހުށަހެޅާފައެއް ވެސް ނުވޭ. ހުށަހެޅި ނަމަ ކޮމިޝަނުގެ މެންބަރުން ގަބޫލު ކުރާ ގޮތަކަށް ނޫން މެންބަރުން ތިއްބެވީ،" ޝަރީފު ވިދާޅުވިއެވެ.

ރަސްމީ ނަތީޖާ އަށް ފަހު ކޮމިޝަނުގެ މެންބަރުންނާ ގުޅޭ ގޮތުން ހަގީގަތެއް ނެތް ވާހަކަތައް ދައްކާ ކަމުގައިވާ ނަމަ، އެފަދަ ފަރާތްތަކުގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާނެ ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް