ކ. މާލެ
|
29 ސެޕްޓެންބަރ 2018 | ހޮނިހިރު 14:38
ސެޕްޓެމްބަރު 23، 2018: އިންތިހާބުގައި ބާތިލު ވޯޓުގެ ގޮތުގައި ކަނޑައެޅި ތިނަދޫ ވޯޓު ފޮއްޓެއްގެ ވޯޓު ކަރުދާހެއް ވޯޓު ފޮށީގެ ވެރިޔާ ދައްކަނީ: އެ ވޯޓު ބާތިލުކުރީ ދެ ފަހަރަށް ހެޔޮ ފާހަގަ ޖެހުމުން
ސެޕްޓެމްބަރު 23، 2018: އިންތިހާބުގައި ބާތިލު ވޯޓުގެ ގޮތުގައި ކަނޑައެޅި ތިނަދޫ ވޯޓު ފޮއްޓެއްގެ ވޯޓު ކަރުދާހެއް ވޯޓު ފޮށީގެ ވެރިޔާ ދައްކަނީ: އެ ވޯޓު ބާތިލުކުރީ ދެ ފަހަރަށް ހެޔޮ ފާހަގަ ޖެހުމުން
ޙުސައިން ޙަސަން
ރިޔާސީ އިންތިހާބު 2018
މިފަހަރުގެ އިންތިހާބުގައި ބާތިލު ވޯޓު 40 ޕަސެންޓް އިތުރުވެފައިވޭ
ބާތިލު ވޯޓުގެ އަދަދު 3،000 ވުރެ ގިނަ
2013ގެ ބާތިލު ވޯޓުގެ އަދަދަކީ 2237
ފޮށިތަކުގެ ވެރިންނަށް އުސޫލު ސާފެއް ނުވޭ

ދެހާސްތޭރަ ވަނަ އަހަރާ އަޅާބަލާއިރު، މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ބާތިލު ވޯޓު 40 ޕަސެންޓަށް އިތުރުވެފައިވާކަން ރަސްމީ ނަތީޖާއިން ދައްކައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ރަސްމީ ނަތީޖާއިން ދައްކާ ގޮތުން މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ބާތިލު ވޯޓުގެ އަދަދު 3,132 އަށް އަރައެވެ. އެއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ބާތިލު ވޯޓާ އަޅާބަލާއިރު 40 ޕަސެންޓް އިތުރު އަދަދެެކެވެ. ދެހާސްތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ބާތިލު ވޯޓުގެ އަދަދަކީ 2237 އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ބާތިލު ވޯޓު އިތުރުވެފައި ވަނީ ވޯޓު ފޮށިތަކުގެ ވެރިންނަށް ކަނޑައަޅާފައިވާ މީހުން، ބާތިލު ވޯޓު ކަނޑައެޅުމުގައި ގެންގުޅުނު މިންގަނޑާ ގުޅިގެންނެވެ. އެގޮތުން ބައެއް ފޮށިތަކުގައި އާދަޔާ ހިލާފަށް ބާތިލު ވޯޓު އިތުރުވެފައި ވެއެވެ.

ބާތިލު ވޯޓު އިތުރުވި ސަބަބު:

  • ބާތިލު ވޯޓު ކަނޑައަޅާ އުސޫލު ފޮށިތަކުގެ ވެރިންނަށް ސާފުނުވުން
  • ވޯޓިން ބޫތުގައި، ވޯޓު ކަރުދާސް ބާއްވައިގެން ފާހަގަ ޖަހަން ދަތިވުން
  • މޮނީޓަރުންނާއި އޮބްޒާވަރުންގެ ޝަކުވާތަކަށް ބެލުމެއް ނެތި، ބާތިލު ވޯޓު ކަނޑައެޅުން

ބާތިލު ވޯޓުގެ ގޮތުގައި ބެލި ގިނަ ވޯޓުތައް ލިބިފައި ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށެވެ.

މި މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލި މީހުންގެ އަދަދަކީ 233،889 އެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 28،246 މީހުން ވޯޓެއް ނުލައެވެ. އެ އަދަދަކީ 2013 ވަނަ އަހަރުގެ އިންތިހާބުގައި ވޯޓުނުލާ މީހުންގެ އަދަދަށް ވުރެ 37 ޕަސެންޓް އިތުރު އަދަދެކެވެ. އަދި 2013 ވަނަ އަހަރު ވޯޓުނުލާ މީހުންގެ އަދަދަކީ 20،544 އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް